Advertisement

މާވަރުލު އެއާޕޯޓާއި ގައްދޫ އެއްގަމު މަގުން ގުޅުވައިދޭނަން: ރައީސް

21 ފެބުރުވަރީ 2024 - 11:48 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް މުއިއްޒު ގދ. ގައްދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް


މާވަރުލު އެއާޕޯޓާއި ގައްދޫ އެއްގަމު މަގުން ގުޅުވައިދޭނަން: ރައީސް

21 ފެބުރުވަރީ 2024 - 11:48 0

ގދ. ގައްދޫއާ އެ ރަށު ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލާ، އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މިއަދު ގައްދޫއަށް ވަޑައިގައިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓުގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން މާވަރުލު އެއާޕޯޓާއި ގައްދޫ، އެއްގަމު މަގުން ގުޅާލުމަށް މަޝްރޫއުއެއް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދީ އެ އެއާޕޯޓާ [މާވަރުލު އެއާޕޯޓު] މި ރަށް އެއްގަމުން ގުޅާލަދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް މިއަހަރުގެ ބަޖެޓުގައި މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމަނާފައި ނުވި ނަމަވެސް، ބަޖެޓުން ޖާގަ ހޯދައި ގައްދޫ ރައްޔިތުންގެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނެ ކަމުގަ އެވެ.

އޭގެ އިތުރުން ގައްދޫގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް، ހޮސްޕިޓަލު ގާއިމުކުރުމުގެ މަޝްރޫއު އަދި ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ. އަދި ގދ. ގަން ގައްދޫ ކައުންސިލުގެ އިހުތިސާސުގައި ހިމެނުމަށް އެމަނިކުފާނު މީގެ ކުރިން ވެވަޑައިގަތް ވައުދު ފުއްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ގައްދޫއަކީ ގދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ޒިޔާރަތްކުރަން ހަމަޖެހިފައިއޮތް އެންމެ ފަހު ރަށެވެ. މިއަދު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ގއ. އަތޮޅުގެ ރަށްތަކަށެވެ.