Advertisement

ފަސޫހާ މި ފަހަރު މުގުރާލީ 18 އަހަރުވީ ގައުމީ ރެކޯޑެއް

21 ފެބުރުވަރީ 2024 - 08:41 0

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ތެރެއިން ފަސޫހާ ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ފަސޫހާ މި ފަހަރު މުގުރާލީ 18 އަހަރުވީ ގައުމީ ރެކޯޑެއް

21 ފެބުރުވަރީ 2024 - 08:41 0

އިރާނުގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ އެތުލެޓިކްސް މުބާރާތުގެ 800 މީޓަރު އިވެންޓުގައި ވާދަކޮށް، ރާއްޖޭގެ އަަރަމުން އަންނަ އެތުލީޓު، ފަސޫހާ އަހުމަދު، 18 އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ތެހެރާނުގައި ކުރިއަށްދިޔަ އޭޝިއާގެ އިންޑޯ މުބާރާތުގެ، 800 މީޓަރު އިވެންޓްގައި ވާދަކޮށް ފަސޫހާ، 20، ރޭސް ނިންމީ، ދެ މިނިޓް، 22.30 އިންނެވެ.

މީގެ ކުރިން، މި ރެކޯޑް އޮތީ، 2006 ވަނަ އަހަރުގެ އޭޝިއާގެ އިންޑޯ މުބާރާތުގައި ދުވި، ރާއްޖޭގެ ފާތިމަތު ހަޝްމާ އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ، ދެ މިނިޓް، 37.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެހެންކަމުން، 18 އަހަރުވީ މި ރެކޯޑް، ފަސޫހާ މި އާ ކުރީ، އެކަށީގެންވާ ކުރިއެރުމަކާ އެކު އެވެ.

ފަސޫހާ، 800 މީޓަރުގެ ދުވުމުގެ ފައިނަލްގައި ދުވެ، ހަ ވަނަ އަށް ދިޔައިރު، އޭނާ ވާދަކުރި ރޭހުގެ އެއް ވަނަ ހޯދީ، އީރާނުގެ ތޮކްތަމް ދަސްތަރުބަންދަން އެވެ. އޭނާގެ ޓައިމިން އަކީ، ދެ މިނިޓް، 09.17 އެވެ.

މިދިޔަ، ޑިސެމްބަރު މަހު ބޭއްވި ނެޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފަސޫހާ ވަނީ އެ މުބާރާތުގައި ދުވެ، ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރެކޯޑް ހަދައިފަ އެވެ. އަދި މިދިޔަ އަހަރު، އޭނާ ވަނީ، ހަަތަރު މަސް ތެރޭ، ތިން ފަހަރަށް ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

މި ފަހަރުގެ އޭޝިއާ އިންޑޯ މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވެސް ވަނީ ވާދަކޮށްފަ އެވެ. ސާއިދު ދިޔައީ، 60 މީޓަރު ދުވުމުގެ ހީޓު، އެކެއްގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ، 6.95 ސިކުންތެވެ. އެ ރޭހުގެ އެއް ވަނަ ހޯދި، ޝުހޭއި ޓާޑާގެ ޓައިމިން އަކީ، 6.60 ސިކުންތެވެ.