Advertisement

ރޯދައަށް ބޭނުންވާ ތަކެތި މޫލީއިން ގަނެލެވޭނެ!

21 ފެބުރުވަރީ 2024 - 07:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރޯދައަށް ބޭނުންވާ ތަކެތި މޫލީއިން ގަނެލެވޭނެ!

21 ފެބުރުވަރީ 2024 - 07:11 0

ރޯދަ މަހަށް ބޭނުންވާ ތަކެތި އުރީދޫ އޮންލައިން ވިޔަފާރި ޕްލެޓުފޯމް، މޫލީއިން ލިބޭނެ ފުރުސަތު ފަހިކޮށްފި އެވެ.

މޫލީއަކީ ވިޔަފާރިކުރާ ތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، މަގްބޫލު އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާއިރު، އެ ޕްލެޓް ފޯމުގައި ރޯދައަށް ވަކި ސެކްޝަނެއް ވަނީ ހަދާފަ އެވެ.

އުރީދޫ އިން ބުނީ، މޫލީ ރޯދަ ސޭލްގެ ހާއްސަ ސެކްޝަނުން ފަރުނީޗަރު، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓާސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ގަންނަން ލިބޭނެ ކަމަށެވެ.

"އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ މާޗަންޓުން ޕްލެޓްފޯމުގައި ފީޗާ ކުރައްވާ ޕްރޮޑަކްޓްސް" އުރީދޫން ބުންޏެވެ.

ރޯދަ މަސް ނިމެންދެން ކުރިޔަށްދާ މޫލީ ރޯދަ ސޭލްގައި ގަންނަ ކޮންމެ އެއްޗެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

2019 ވަނަ އަހަރު އިފްތިތާހުކުރި މޫލީން އަންނަނީ އެކި ކުންފުނިތަކުގެ ޕްރޮޑަކްސްތައް ކަސްޓަމަރުންނާ ހިސާބަށް ފޯރުކޮށްދެމުންނެވެ.