Advertisement

މަޓީގެ 34 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

20 ފެބުރުވަރީ 2024 - 20:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަޓީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޓީ


މަޓީގެ 34 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

20 ފެބުރުވަރީ 2024 - 20:58 0

ދިވެހިި ޓޫރިޒަމް ވިޔަފާރިތަކުގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި އެ ޖަމިއްޔާގެ 100 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވާއިރު، މި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ފައިނޭންޝަލް ރިޕޯޓް ފާސްކުރި އެވެ.

އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެން، ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

މަޓީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޓީ


މަޓީގެ އަހަރީ އާންމު ބައްދަލުވުމުގައި 2024 ވަނަ އަހަރަށް ލަފާކުރާ މަޓީގެ ބަޖެޓުގެ އިތުރުން ކުންފުނީގެ ބޯޑަށް އިތުރު ދެ މެމްބަރަކު ވަނީ އިންތިހާބު ކޮށްފައިވެ އެވެ.

އެގޮތުން މަޓީގެ ބޯޑަށް އިންތިހާބުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފްގެ އިތުރުން ރިޒްކަލްޓަން މޯލްޑިވްސް، ފަރި އައިލޭންޑްސްގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ޑެ އޮލިވެރާ އެވެ.

މަޓީ އު 1982 ވަނަ އަހަރު އެވެ. މަޓީގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމެވެ.