Advertisement

ރައީސް މުއިއްޒަކީ "ޖައްބާރު، ނުބައި" ވެރިއެއް ކަމަށް ބުނި ޝިޔާމަށް އިންޑިއާ އެމްބަސީގެ މަތީ މަގާމެއް

20 ފެބުރުވަރީ 2024 - 11:39 2

އަލީ ޝިޔާމް: އޭނާއަށް ދިނީ އިންޑިއާ އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމު -- ފޮޓޯ: އެކްސް


ރައީސް މުއިއްޒަކީ "ޖައްބާރު، ނުބައި" ވެރިއެއް ކަމަށް ބުނި ޝިޔާމަށް އިންޑިއާ އެމްބަސީގެ މަތީ މަގާމެއް

20 ފެބުރުވަރީ 2024 - 11:39 2

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ "ޖައްބާރު، ނުބައި" ވެރިއެއް ކަމަށް ބުނި ކުރީގެ އެކްޓަރު އަލީ ޝިޔާމަށް އިންޑިއާ އެމްބަސީގެ އިސް ވަޒީފާއެއް މި ސަރުކާރުން ދީފި އެވެ.

އަލީ ޝިޔާމަށް ދިނީ އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމެވެ. ޑިޕްލޮމޭޓުން ވަޒީފާއަށް ފޮނުވުމުގެ ކުރިން ފޮރިން މިނިސްޓްރީން ކުރިއަށްގެންދާ އޮރިއެންޓޭޝަން ސެޝަންތަކުގައި އޭނާ މިހާރު ދަނީ ބައިވެރިވަމުންނެވެ.

ފެބްރުއަރީ 2، ގައި ޝިޔާމް ސޯޝަލް މީޑިއާގައި ބުނެފައި އޮތީ "މުއިއްޒަކީ އަހަރެންގެ ހަޔާތުގައި ދުށް އެންމެ ޖައްބާރު، ނުބައި މީހާ" ކަމަށެވެ. އަދި އޭގެ ކުރިން، ރައީސް މުއިއްޒަކީ "ވަރަށް ނުބައި އިންސާނެއް" ކަމަށް ވެސް ޝިޔާމް ބުނެފައިވެ އެވެ. ރައީސްގެ ކާމިޔާބަކީ ޑެޕިއުޓީ މިނިސްޓަރުން ގިނަވެ، ގައުމުގެ މިނިސްޓަރުންގެ އާބާދީ ބޮޑުވުމަކީ މުއިއްޒުގެ ކާމިޔާބީ" ކަމަށް ވެސް ޝިޔާމް ބުނެފައި އޮތެވެ.

ނަމަވެސް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ފެބްރުއަރީ 5، ގައި ޝިޔާމް ބުނެފައި އޮތީ "ހައްގު ގޮތުގައި ހުންނަ ވެރިއަކުު މީހަކު ބުނާ އެއްޗަކުން ބަދަލު ނުހިފާނެ" ކަމަށެވެ.

އިންޑިއާ އެމްބަސީން ޝިޔާމަށް ވަޒީފާއެއް ދިންއިރު، އޭނާއަކީ އިންޑިއާގައި ހުންނަ މޯލްޑިވްސް ކޮންސިއުލޭޓް ޖެނެރަލް އޮފީހުގައި ވެސް މަސައްކަތް ކުރި މީހެކެވެ.

އެކްޓަރު ޝިޔާމަށް އިންޑިއާ އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމު ހަމަޖެއްސިއިރު، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ފިލްމީ ތަރީ އަލީ ސީޒަން ވަނީ ހަމަޖައްސައިފަ އެވެ. ސީޒަންއަށް އެ ވަޒީފާ ދިނުމުން އާންމުންގެ ފަރާތުން ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި އެވެ.