Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރުން ފަށައިފި

19 ފެބުރުވަރީ 2024 - 21:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަނިމާދޫ އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފެށުން -- ފޮޓޯ: އާރްއޭސީއެލް


ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރުން ފަށައިފި

19 ފެބުރުވަރީ 2024 - 21:04 0

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން އޮޕަރޭޓް ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމުކުރި އޭޕްރަން ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

މިއާއެކު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުން ކުރަމުން ދިޔަ ކުރީގެ އެޕްރަން ވަނީ ބަންދުކޮށް، ބޭނުން ކުރުން ހުއްޓާލައިފަ އެވެ.

އާރްސީއެލްގެ އެމްޑީ އަހުމަދު މުބީން ވިދާޅުވީ، މި އޭޕްރަން އަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެެ ދަށުން މިހާރުން މިހާރަށް ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އަލަށް ހުޅެވުނު އޭޕްރަންގެ މަސައްކަތް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގައި ހިމެނިފައި ނުވާއިރު، އޭޕްރަން ބޭނުން ކުރަން ހަމަޖެހިފައި ވަނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގަަ އެވެ.

ހަނިމާދޫ އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފެށުން -- ފޮޓޯ: އާރްއޭސީއެލް


އައު އޭޕްރަންގެ ބޮޑު މިނުގައި 42،000 އަކަ މީޓަރު ހުންނައިރު، އެއްފަހަރާ އެތަނުގައި ހަ ޖެޓް ޕާކް ކުރެވޭނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަޕްގްރޭޑިންގެ މަސައްކަތް ނިމިގެންދާއިރު އެއާޕޯޓް ހިމެނޭ ސަރަހައްދު ބޭނުން ކުރާނީ އައިސޮލޭޝަންބޭއެއްގެ ގޮތުގައި ކަމަށް އާރްއޭސީއެލް އިން ބުނެ އެވެ.

މި އެއާޕޯޓް ތަރައްގީ ކުރަމުންދަނީ އޭ 320 އާއި ބޮއިންގް 737 ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގައި، އަހަރަކު 1.3 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލަކާއި ފިއުލް ރައްކާ ކުރެވޭނެ އިންތިޒާމުތަކާ އެކުގަ އެވެ.