Advertisement

އަހަންނަކީ ޖާދޫގަރެއް ނޫން: ޕޮސްޓެކޮގްލޫ

19 ފެބުރުވަރީ 2024 - 15:30 0


އަހަންނަކީ ޖާދޫގަރެއް ނޫން: ޕޮސްޓެކޮގްލޫ

19 ފެބުރުވަރީ 2024 - 15:30 0

ލަންޑަން (ފެބްރުއަރީ 19) - ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި މި ސީޒަން ނިންމާލުމަށް ކުރާ މަސައްކަތުގައި ޖާދޫ ހަދާ މީހެއްގެ ގޮތަށް ކަންކަން ނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ހޮނިހިރު ދުވަހު ޓޮޓެންހަމުން ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީނު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި އެސްޓަން ވިލާއިން ވަނީ ފުލަމްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އަރައިފަ އެވެ.

ގަދަ ހަތަރަކުން ފަހަތަށް ދިއުމުން، ޕޮސްޓެކޮގްލޫ ބުނީ ޓޮޓެންހަމުން ކުރަން ޖެހިފައިވާ މަސައްކަތް އިތުރުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކްރިސްޓަލް ޕެލަސް މެޗުން މޮޅުވާން ކުޅުންތެރިން ކަށިން ހިތްވަރު ނެރެން ޖެހޭ ކަމަށް ޕޮސްޓެކޮގްލޫ ބުނެފައިވެ އެވެ.

ޕޮސްޓެކޮގްލޫ ބުނީ ކާމިޔާބީއަކީ ޖާދޫ ހަދައިގެން ލިބޭނެ އެއްޗެއް ނޫން ކަމަށާއި, އެއީ ގަދަ ހިތްވަރާ ބުރަ މަސައްކަތުން ލިބޭ އެއްޗެއް ކަމަށެވެ.

"އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން. އަހަރެންނަކީ ފުޓުބޯޅަ ކޯޗެއް. މިއީ އަހަރު ދުވަހު ކުޅުންތެރިންނާއެކު ކުރާ ބުރަ މަސައްކަތުން ހޯދާ އެއްޗެއް" ޕޮސްޓެކޮގްލޫ ބުންޏެވެ.

އޮސްޓްރޭލިއާ އަށް އުފަން ޕޮސްޓެކޮގްލޫ ވަނީ ސެލްޓިކާ އެކު ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ޕޮސްޓެކޮގްލޫ ވަނީ ޓޮޓެންހަމަށް މި ސީޒަންގެ ޕްރިމިއާ ލީގު ގަދަ ހަތަރެއްގައި އޮވެ ނިންމާލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އަދި އެ އަމާޒަށް ވާސިލްވާން ކުޅުންތެރިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ގަބޫލުކުރެ އެވެ.