Advertisement

22 އަހަރަށް ފަހު އިޕްސްވިޗް ޕްރިމިއާ ލީގަށް

5 މޭ 2024 - 00:45 0

މިރޭގެ މެޗަށް ފަހު އިޕްސްވިޗް ސަޕޯޓަރުން އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.


22 އަހަރަށް ފަހު އިޕްސްވިޗް ޕްރިމިއާ ލީގަށް

5 މޭ 2024 - 00:45 0

ލަންޑަން (މެއި 5) - އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)ގެ ދެ ވަނަ މަގާމު ކަށަވަރުކޮށް، އިޕްސްވިޗް ޓައުން އިން 22 އަހަަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.

އިޕްސްވިޗް ދެ ވަނަ ޔަގީންކުރީ މިރޭ ކުޅުނު މެޗުން، ހަޑްސްފީލްޑް ޓައުން އަތުން 2-0 އިން މޮޅުވެގެންނެވެ. އިޕްސްވިޗުން ޖެހިޖެހިގެން ދެ ސީޒަނުގައި ދެ ޑިިވިޝަނުން ޕްރޮމޯޓްވެ، ޕްރިމިއާ ލީގަށް އައިއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ އެސިސްޓަންޓް ކޯޗު، ކިއެރަން މެކްކެނާ އެވެ.

ބާރަ އަހަރަށް ފަހު، ތިން ވަނަ ޑިވިޝަނަށް އިޕްސްވިޗް ވެއްޓުނުތާ ދެ އަހަރު ތެރޭ، 2002 ގެ ފަހުން، އެ ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ހޯދައިދިނީ އެވެ.

"މިއީ ވަރަށް އަވަހަށް ލިބުނު ކާމިޔާބެއް، މިއީ ހަގީގަތުގައި އެކުގައި ތިބެގެން، އެއް މިސްރާބެއްގައި އިތުބާރާ އެކު ކުރި މަސައްކަތުގެ ނަތީޖާ،" މެކްކެނާ ބުންޏެވެ.

އިޕްސްވިޗަކީ، 2011-2012 ވަނަ ސީޒަނުގައި ސައުތެމްޓަނަށް ފަހު، ޖެހިޖެހިގެން ދެ ސީޒަނުގައި ޕްރޮމޯޓްވެ، ޕްރިމިއާ ލީގަށް އައި ފުރަތަމަ ޓީމެވެ.

ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިގެން، މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ، ލެސްޓާ އެވެ. މިރޭ، ބްލެކްބާން ރޯވާސް އަތުން 2-0 އިން ބަލިވެ، ލެސްޓާ އަށް ޓާގެޓް ކަނޑައެޅި 100 ޕޮއިންޓް ހަމަނުކުރެވުނެވެ. ލެސްޓާ އެއް ވަނައިގައި އޮތީ، 46 މެޗުން 97 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި، އިޕްސްވިޗަށް ލިބުނީ 46 މެޗުން 96 ޕޮއިންޓެެވެ.

ޕްރިމިއާ ލީގުގެ ފަހު ކޮލިފައިން ޖާގަ ލިބޭ ޓީމެއް ކަނޑައެޅޭނީ ޕްލޭއޮފް ބުރުންނެވެ. ޕްލޭއޮފްގެ އެއް ސެމީގައި ކުޅެނީ ލީޑްސް ޔުނައިޓެޑާއި ނޮރިޗް ސިޓީ އެވެ. އަނެއް ސެމީގައި، ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި ސައުތެމްޓަން އެވެ. މި ހަތަރު ޓީމުގެ ތެރެއިން، އެއް ޓީމަކަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.