Advertisement

އަގުހެޔޮކޮށް އައިފޯނު ލިބޭނެ ކަމަށް ބުނެ އިރާނުގައި 35 މިލިއަން ޑޮލަރުގެ ސްކޭމެއް

19 ފެބުރުވަރީ 2024 - 07:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިހާރައެއްގައި އައިފޯނު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ބްލޫމްބާގް


އަގުހެޔޮކޮށް އައިފޯނު ލިބޭނެ ކަމަށް ބުނެ އިރާނުގައި 35 މިލިއަން ޑޮލަރުގެ ސްކޭމެއް

19 ފެބުރުވަރީ 2024 - 07:37 0

އަގުހެޔޮކޮށް އައިފޯނު ލިބޭނެ ކަމަށް ބުނެ އިރާނުގައި ބޮޑު ސްކޭމެއް ޖައްސައި، އެކި މީހުން އަތުން 35 މިލިއަން ޑޮލަރު ބަޔަކު ހޯދައިފި އެވެ.

މި ސްކޭމްގެ ބައިވެރިއެއް އިރާނުގެ ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މައްސަލައިގައި ބައިވެރިވާ ބޮޑެއް ވަނީ ގައުމު ދޫކޮށް ފިލައިގެން ގޮސްފަ އެވެ.

މި ސްކޭމްއާ ގުޅިގެން އިރާނުން ވަނީ އިތުރު ދެ މީހަކު ހޯދަންވެސް އިއުލާން ކޮށްފަ އެވެ. އަދި މިކަމުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އެންމެންގެ އެސެޓްތައް ވަނީ ހިފަހައްޓާފަ އެވެ.

އެތައް ބައެއްގެ އަތުން ޖުމުލަ 35 މިލިއަން ޑޮލަރު ކުންފުންޏަކުން ހޯދީ، 360 ޑޮލަރަށް އައިފޯނެއް ލިބޭނެ ކަމަށް ބުނެ ހިންގި ހާއްސަ ޕްރޮމޯޝަންގަ އެވެ.

އައިފޯނު ގަތުމަށް ފައިސާ ދޭތާ މަދު ހަފުތާއެއްގެ ތެރޭގައި ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވީ ނަމަވެސް، މަދު ދުވަސްކޮޅެއް ތެރޭގައި 35 މިލިއަން ޑޮލަރު އެއް ކުރުމަށްފަހު ކުންފުނި ވަނީ ވުޖޫދުން ގެއްލިފަ އެވެ.

މި ސްކޭމްގައި ޖެހި އިރާނުގެ ބައެއް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި، ފަންނާނުންވެސް ވަނީ އައިފޯނު އަގުހެޔޮކޮށް ލިބޭނެ ކަމަށް ބުނެ އެކަން އިސްތިހާރުވެސް ކޮށްފަ އެވެ.

މިދިޔަ އަހަރުން ފެށިގެން އިރާނުގެ ގާނޫނަށް ގެނައި ބަދަލަކާއެކު އެ ގައުމަށް އެތެރެކުރާ ހުރިހާ ވައްތަރެއްގެ އައިފޯނެއް ރަޖިސްޓްރީ ކުރަން ޖެހޭއިރު، އޭގެ ތެރޭގައި ފަތުރުވެރިން ގެންނަ އައިފޯންވެސް ހިމެނެ އެވެ.

އިރާނުގައި ރަޖިސްޓްރީ ކޮށްގެން ވިއްކާ އައިފޯން 13 ޕްރޯ 2،300 ޑޮލަރަށް ލިބެން ހުންނައިރު، ބޭރުން ގެންނަ އައިފޯނު ރަޖިސްޓްރީ ކުރުމަށް ބޮޑު ފީއެއް ދައްކަން ޖެހެ އެވެ.