Advertisement

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

18 ފެބުރުވަރީ 2024 - 22:36 0

ނިމާ ހަސަން

ނިމާ ހަސަން

ކޯސްޓްގާޑް; ސްނޯކެލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި


ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

18 ފެބުރުވަރީ 2024 - 22:36 0

އަރިއަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އަރިއަތޮޅު ރިސޯޓެއްގައި ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އެ ފަތުރުވެރިއާ ހޯދުމަށްޓަކައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.

ގެއްލިގެން އުޅެނީ ކޮން ގައުމެއްގެ ފަތުރުވެރިއެއްކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާ ގެއްލުނީ ކޮން ރިސޯޓަކުން ކަމެއް ވެސް ސިފައިން ނުބުނެ އެވެ.