Advertisement

މާލީ މައްސަލަތައް ކުރިމަތިިވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

17 ފެބުރުވަރީ 2024 - 21:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކެބިނެޓް ބައްދަލުވުމެއްގައި. އޭނާއަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް. ފޮޓޯ: ރައީސް އޮފީސް


މާލީ މައްސަލަތައް ކުރިމަތިިވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

17 ފެބުރުވަރީ 2024 - 21:51 0

ސަރުކާރަށް މާލީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް، އެ ވާހަކަ ތަކަކީ ރާއްޖޭގެ ބޭންކިން އަދި ޕަބްލިކް ފައިނޭންސް ނިޒާމުގެ އިތުބާރު ގެއްލުވާލަން ބަޔަކު ކުރާ މަސައްކަތެއް ކަމަށް ސަރުކާރުން ސިފަކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިތުބާރު ގެއްލުވާލަން ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި، އެކި ތުހުމަތުތައް ކުރަނީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ފަށާފައިވާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ.

ކުރިން ރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިން އަންދާޒާ ކުރި ވަރަށްވުރެ ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"ސަރުކާރުން ރާއްޖޭގެ ބޭންކިންގެ ނިޒާމު ހަރުދަނާކޮށް ރަނގަޅަށް ބަލަހައްޓަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން. ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު، ހަރުދަނާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާ ކުރުމުގެ ރިފޯމް އެޖެންޑާވެސް ދަނީ ކުރިޔަށް،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުގެ އަގު ވައްޓާލައި، ރާއްޖޭގެ މާލީ ނިޒާމު ބަލި ކަށި ކަމަށް ދެއްކުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓައިލަން ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެމުން އަންނައިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވެސް އެކަން ދޮގު ކުރެއްވި އެވެ.