Advertisement

ކަޅެގަލެކޮޑާ: ޗެމްޕިއަންކަން ކަބޯ އާއި ކައިޕުޓީ އަށް

17 ފެބުރުވަރީ 2024 - 16:35 1


ކަޅެގަލެކޮޑާ: ޗެމްޕިއަންކަން ކަބޯ އާއި ކައިޕުޓީ އަށް

17 ފެބުރުވަރީ 2024 - 16:35 1

ދިވެހި ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ"ގެ އޯޕަން ބައިގެ ޗެމްޕިއަންކަން ނަޖާހު މުހައްމަދު (ކަބޯ) ދިފާއުކުރިއިރު, ޖޫނިއާ ބައިގެން ޗެމްޕިއަންކަން ކަޔާން އަބްދުالله އަރީފް (ކައިޕުޓީ) ހޯދައިފި އެވެ.

ގދ. ގައްދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ކަބޯ ހޯދި މިއީ ދެވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލް ކަބޯ ކާމިޔާބުކުރީ ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް 13.06 ޕޮއިންޓް ހޯދައިގެންނެވެ. ހޫދަށް ލިބުނީ 11.56 ޕޮއިންޓެވެ. ކަބޯގެ އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 7.33 ސްކޯކޮށްފަ އެވެ. އަދި ދެވަނައަށް އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 5.83 ސްކޯ ކޮށްފަ އެވެ. ހޫދުގެ އެންމެ މޮޅު ރާޅަކީ 5.83 ސްކޯކުރި ރާޅެވެ. އަދި ދެވަނައަސް އެންމެ މޮޅު ރާޅުގައި 5.73 ސްކޯކުރި އެވެ.

ފައިނަލުގެ ޖާގަ ކަބޯ ހޯދީ އިސްމާއިލް މިގްލާލް (ކުޑައިއްސެ) ގެ މައްޗަށް 16.50 ސްކޯކޮށްގެންނެވެ. އަނެއްކޮޅުން ހޫދު ފައިނަލުން ޖާގަ ހޯދީ މި މުބާރާތުގައި އެއް ހީޓުގައި އެންމެ ގިނަ ޕޮއިންޓް ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) ގެ މައްޗަށް 16.00 ސްކޯކޮށްގެންނެވެ.


މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި ކަޔާން ކަޅެގަލެކޮޑާގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އަހުމަދު ލުޒެއިން ބަލިކޮށްގެންނެވެ. ކަޔާން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިނާން އަބްދުލް ހަންނާންއާ ވާދަކޮށް ޖުމްލަ 15.50 ސްކޯކޮށްގެންނެވެ.

ކަޔާންގެ އެންމެ ރަނގަޅު ރާޅުގައި 8.50 ސްކޯކުރި އެވެ. އަދި ދެވަނައަށް އެންމެ ރަނގަޅު ރާޅުގައި ހަތް ޕޮއިންޓް ސްކޯކުރި އެވެ. އިނާންގެ އެންމެ ރަނގަޅު ރާޅުން 5.73 ސްކޯކުރިއިރު, ދެވަނައަށް އެންމެ ރަނގަޅު ރާޅުން ލިބުނީ ފަސް ޕޮއިންޓެވެ.

މިއީ މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޖޫނިއާ ބައި ކާމިޔާބުކުރި ކަޔާން "ކަލެގަޅެކޮޑާ" ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.