Advertisement

އިރާނުގައި މީހަކު ބަޑިން ހަމަލާދީ އާއިލާ 12 މީހަކު މަރާލައިފި

17 ފެބުރުވަރީ 2024 - 14:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިރާނުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ؛ ރޮއިޓާސް


އިރާނުގައި މީހަކު ބަޑިން ހަމަލާދީ އާއިލާ 12 މީހަކު މަރާލައިފި

17 ފެބުރުވަރީ 2024 - 14:46 0

އިރާނުގައި މީހަކު ބަޑިން ހަމަލާދީ އޭނާގެ އާއިލާ 12 މީހަކު މަރާލައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ހޮނިހިރު ދުވަހު އިރުދެކުނު އިރާނުގައި ހިނގި އެ ހާދިސާގައި ބަޑިން ހަމަލާ ދިން މީހާ ވަނީ އޭނާގެ ބައްޕަ އާއި ބޭބެ ހިމެނޭ ގޮތަށް އާއިލާގެ އިތުރު މީހުން މަރާލައިފަ އެވެ.

މި ހަމަލާ ދީފައި ވަނީ ރައިފަލެއް ބޭނުން ކޮށްގެން ކަމަށްވާއިރު، ހަމަލާ ދީފައި ވަނީ އާއިލީ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާ ދީފައި ވަނީ 30 އަހަރުގެ ފިރިހެނެއްކަން ހާމަކޮށްފައިވާއިރު، އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކޮށްފައެއް ނުވެ އެވެ.

މިއީ މިފަދަ ހަމަނުޖެހުމެއްގައި އިރާނުގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ.

އިރާނުގައި 2016 ވަނަ އަހަރު އުމުރުން 26 އަހަރުގެ މީހަކު އޭނާގެ 10 އާއިލާ މީހަކަށް ހަމަލާ ދީފައިވެ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓެއް ނުކުރެ އެވެ.