Advertisement

ދިރާސާއާއި އިޖުތިމާއީ ބޭނުމަށް 25 ފަޅު ރަށް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލައިފި

17 ފެބުރުވަރީ 2024 - 14:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދ. މިނިމަސްގަލި


ދިރާސާއާއި އިޖުތިމާއީ ބޭނުމަށް 25 ފަޅު ރަށް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލައިފި

17 ފެބުރުވަރީ 2024 - 14:02 0

ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި މިދިޔަ އަހަރު ގެޒެޓްކުރި ގަވައިދުގެ ދަށުން 25 ފަޅު ރަށަކަށް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލައިފި އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގަވާއިދު ނަންބަރު -8R2024/) މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވައިދު) ގެ ދަށުން ދޫކުރާ 25 ރަށަށް ކުރިމަތިލުމަށް ކައުންސިލްތަކަށް ހުޅުވާލާ ކަމަށެވެ.

ކައުންސިލްތަކަށް ދޫކުރަން ހުޅުވާލި ފަޅު ރަށްތައް:

1. ހދ. ފަރިދޫ – 26.46 ހެކްޓަރު

2. ހދ. ހިރިނައިދޫ – 6.40 ހެކްޓަރު

3. ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު

4. ށ. މިގޫދޫ – 8.66 ހެކްޓަރު

5. ނ. ދީފުރަމް – 2.37 ހެކްޓަރު

6. ނ. އިނގުރައިދޫ – 13.12 ހެކްޓަރު

7. ރ. ހިބޫދޫ – 2.48 ހެކްޓަރު

8. ރ. ހުޅުދޫ – 1.63 ހެކްޓަރު

9. ރ. ނެޔޮ – 7.19 ހެކްޓަރު

10. ބ. މާއްޑޫ – 25.93 ހެކްޓަރު

11. ބ. ދަކަންދޫ – 5.73 ހެކްޓަރު

12. މ. މާހުރާ – 4.84 ހެކްޓަރު

13. ފ. މަކުނުއެރި – 1.28 ހެކްޓަރު

14. ދ. ފެންފުށި – 3.51 ހެކްޓަރު

15. ދ. މިނިމަސްގަލި – 4.64 ހެކްޓަރު

16. ތ. ފެންމީރުފުށި – 1.70 ހެކްޓަރު

17. ތ. ކަކޮޅަސް – 16.19 ހެކްޓަރު

18. ލ. ކަނޑަރު – 4.27 ހެކްޓަރު

19. ލ. ބޮޑުމާބުޅި – 5.07 ހެކްޓަރު

20. ގއ. ވިލިގަލާ – 3.25 ހެކްޓަރު

21. ގއ. މުނަންދުވާ – 6.35 ހެކްޓަރު

22. ގދ. މާނައިދޫ – 16.15 ހެކްޓަރު

23. ގދ. އާކިރަހުއްޓާ – 9.21 ހެކްޓަރު

24. ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު

25. ގދ. ލޮނުދޫ – 5.96 ހެކްޓަރު

މި 25 ރަށް ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައި ވަނީ އެ ރަށެއް ތަރައްގީ ކުރުމަށް ކައުންސިލުން ހުށަހަޅާ ޕްރޮޕޯޒަލްއަށް ބެލުމަށްފަހު އެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަށްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތައް ނުވަތަ އަތޮޅެއްގައި ހިމެނޭ ރަށްތައް ދޫކުރާނީ އެ ރަށް ހިމެނޭ އަތޮޅުގެ ރަށްތަކުގެ ރުހުމާއެކު، ސަރުކާރާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްތައް އެ ރަށެއްގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭއިރު، ބައެއް ރަށްތަކުގެ ބޭނުން ކައުންސިލުން ނުކުރެ އެވެ.