17 ފެބުރުވަރީ 2024 - 06:14 0
އާމިނަތު ނިއުޝާ
17 ފެބުރުވަރީ 2024 - 06:14 0
ހިޔާލު ބަދަލުވެ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ނިންމަވައިފި އެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ވާދަ ކުރަން ހުށަހެޅި މެންބަރު ރަޝީދު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް، އިލެކްޝަން ކޮމިޝަނަށް ފޯމު ވެސް ހުށަހެޅުމަށް ފަހު ވާދަ ނުކުރަން ނިންމެވީ ހިޔާލު ބަދަލުވެގެން ކަމަށެވެ. އެކަމާ ޕާޓީއާ ވެސް މަޝްވަރާކޮށް ލަފާ ހޯއްދެވި ކަމަށް މެންބަރު ރަޝީދު ވިދާޅުވި އެވެ.
"އިތުރަށް 20 ވަނަ މަޖިލީހަށް ކުރިމަތިލާން ބޭނުން ނުވާތީ، އަޅުގަނޑު ނަން އަނބުރާ ގެނައީ ޕާޓީއާ ވާހަކަ ދައްކަދައިގެން ސުލްހަވެރިކަމާ އެކު،" ރަޝީދު ވިދާޅުވި އެވެ.
މެންބަރު ރަޝީދަކީ އެމްޑީޕީ ބައިބައިވެ ދަ ޑެމޮކްރޭޓްސް އުފައްދައި، އޭރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާ އެކު އެޕާޓީއަށް ބަދަލުވި މެންބަރެކެވެ. އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރަޝީދު ވާދަކުރެެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ޑެމޮކްރޭޓްސްގެ ޓިކެޓުގަ އެވެ.
ރަޝީދުގެ ނަން އަނބުރާ ނެގުމުން ހިތަދޫ މެދު ދާއިރާއަށް ވާދަ ކުރާނީ ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު އަޒާން އާއި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީގެ މެންބަރު މުހައްމަދު ޝުއާ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment