Advertisement

ސޭފް އައިލެންޑެއް އެބަ ބިނާކުރަން، ފައިސާ ލިބުން ފަސޭހަކޮށްދީ: ޒަމީރު

17 ފެބުރުވަރީ 2024 - 10:12 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުުރުފުޅުގައި ބޭއްވި ފޯރަމެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ. އޭނާއަކީ ހާރިޖީ ތަޖުރިބާ ނެތް ބޭފުޅެއް. ފޮޓޯ: ރައީސް އޮފީސް


ސޭފް އައިލެންޑެއް އެބަ ބިނާކުރަން، ފައިސާ ލިބުން ފަސޭހަކޮށްދީ: ޒަމީރު

17 ފެބުރުވަރީ 2024 - 10:12 0

މޫސުމަށް އަންނަ ބަަދަލުތަކުގެ ގެއްލުން ކުޑަވާ ގޮތަށް، ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުދި ގައުމުތަކުގެ އެފަދަ މަޝްރޫއުތަކަށް ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ބައިނަލްއަގުވާމީ މުޖުތަމައުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ މިއުނިކް ގައި އިއްޔެ ފެށި މިއުނިކް ސެކިއުރިޓީ ކޮންފަރެންސް (އެމްއެެސްސީ) ގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާ ހެދި ދިވެހިން ރާއްޖެ ދޫކޮށްފައި ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއިން އެކަމުގައި ކުރަން ޖެހޭ މަސައްކަތްތަައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާ އެކު އޭނާ ދެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ޓަކައި ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ،ލިސްޓެކެވެ. ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ހިންގަން ވައުދުވެފައިވާ މަޝްރޫތަކާއި ސޭފް އަައިލެންޑެއްގެ ގޮތުގައި ބިނާކުރާނެ ކަަަމަށް ސަރުކާރުން ބުނާ ރަސްމާލޭގެ މަޝްރޫއު އެ ލިސްޓުގައި ހިމެނުއްވި އެވެ.

"އެކަމަކު މިކަމަށް [މި މަޝްރޫއުތައް ހިންގަން] ފައިސާ ބޭނުންވޭ. ފައިސާ ހަމަޖައްސައިދޭ މިންވަރު މަތިކުރަން ޖެހޭ. އަދި ހޯދޭނެ އިންތިޒާމް ފަސޭހަކުރަން ޖެހޭ،" ޒަމީރު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ކުދިގައުމުތަކަށް މާލީ ބައިނަލް އަގުވާމީ ގޮތުން މާލީ އެހީތެރިކަން ދިނުމުގެ ޝަރުތުތައް އަލުން ކަނޑައަަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ޝަރުތުތަކަކީ އދ. ގެ މަލްޓިޑައިމެންޝަނަލް ވުލްނަރަބިލިޓީ އިންޑެކްސް ފަދަ އުސޫލަކަށް ހެދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގައި ހުންނާނެ ކަމަށް ސަރުކާރުން ބުނާ ސިފަތައް ސް ލިއުމުގައި ޒަމީރު ހިމެނުއްވި އެެވެ. އޭގެ އެއް ކަމަކީ ކަނޑުގެ ސަތަހައިން ފެށިގެން ތިން މީޓަރުގެ އުސްމިން ބެހެއްޓުމާއި ޒީރޯ ކާބަން ތަނަކަށް ހެދުމެވެ.