Advertisement

ހުލާސާކޮށް އިއްޔެ: ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ހުއްޓުވުން

16 ފެބުރުވަރީ 2024 - 06:49 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ގުޅީފަޅު ހިއްކަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ބޮސްކާލިސް


ހުލާސާކޮށް އިއްޔެ: ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ހުއްޓުވުން

16 ފެބުރުވަރީ 2024 - 06:49 0

ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ އަމުރުކުރި އެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ކުރި އަމުރާއެކު، ގުޅީފަޅު ހިއްކުމުގެ މަސައްކަތް އަނެއްކާ ވެސް ކުރިއަށް ގެންދިޔުމުގެ ހުއްދަ ސަރުކާރަށް ލިބުނީ އެވެ.

ގުޅީފަޅު ހިއްކުން ހުއްޓުވަން ބުދަ ދުވަހު ހައި ކޯޓުން އަމުރެއް ނެރުނީ، ގުޅީފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައެއްގަ އެވެ.

ބުދަ ދުވަހު ނެރުނު އަމުރަކީ، ސިވިލް ކޯޓަށް ހުމައިދާ ހުށަހެޅި އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެން ސިވިލް ކޯޓުން ނިންމުމުން އަމުރުގެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނެރުނު އަމުރެކެވެ. ހައި ކޯޓުގެ އަމުރު އިއްޔެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

ހައި ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ އަމުރު ކުރީ ހައި ކޯޓުގެ އަމުރާމެދު އެ ގޮތެއް ކަނޑައަޅަންދެން އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށެވެ.

"ހައި ކޯޓުގެ ގަޒިއްޔާއިން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮތުމާއެކު، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގަންދެން ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފިން،" އެ އަމުރުގައި ބުނެފައިވެ އެވެ.

ގުޅީފަޅު ހިއްކުން ހުއްޓުވަން ބުދަ ދުވަހު ހައި ކޯޓުން ނެރުނު އަމުރަކީ ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލާފައި ޕްރޮޖެކްޓެއް ހުއްޓުވިި ފުރަތަމަ ފަހަރެވެ. އެހެންވެ، ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކުން ދިޔައީ އެ ނިންމުމަށް ތައުރީފު ކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު