Advertisement

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަން ބަލަނީ

15 ފެބުރުވަރީ 2024 - 11:07 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހެލްތު މިނިސްޓްރީ: އިންސްޕެކްޝަންތައް ފަށާނީ އަންނަ އާދީއްތަ ދުވަހު -- ފޮޓޯ: އަދަދު


މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަން ބަލަނީ

15 ފެބުރުވަރީ 2024 - 11:07 1

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، އެ ތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ.

އެ ހާއްސަ އިންސްޕެކްޝަނުގެ މަގުސަދަކީ މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާންމު ސިއްހަތަށް ރައްކާތެރި ގޮތުގައި ހިދުމަތް ދިނުމަށް އަހުލުވެރި ކުރުން ކަމުގައި އެޗްޕީއޭއިން ބުނެ އެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކޮށް، އިންސްޕެކްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ އޭޖެންސީން މައުލޫމާތުދެ އެވެ.

މި މަސައްކަތުގައި އެޗްޕީއޭގެ އިތުރުން މާލެ ސިޓީ ކައުންސިލު، ހުޅުމާލެ ހޮސްޕިޓަލު، އެޗްޑީސީ އަދި ކަމާ ގުޅޭ އެހެން މުއައްސަސާތައް ވެސް ބައިވެރިވާނެ އެވެ.

މީގެ ކުރިން ވެސް އެފަދަ އޮޕަރޭޝަންސްތައް އެޗްޕީއޭއިން ހިންގަ އެވެ. އަދި އެފަދަ އިންސްޕެކްޝަންސްތަކުގައި ބޮޑެތި މައްސަލަތައް ފާހަގަވެގެން ބައެއް ހޮޓާތަކާއި ރެސްޓޯރަންޓުތައް ބަންދުކޮށްފައި ވެސް އެބަހުއްޓެވެ.