Advertisement

ތުރުކީގެ ގޯލްޑް މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ބަޔަކު ތާށިވެއްޖެ

15 ފެބުރުވަރީ 2024 - 15:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުރުކީގެ ގޯލްޑް މައިނެއްގައި ބަޔަކު ތާށިވެގެން އެ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ -- ފޮޓޯ: ގެޓީ


ތުރުކީގެ ގޯލްޑް މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ބަޔަކު ތާށިވެއްޖެ

15 ފެބުރުވަރީ 2024 - 15:30 0

ތުރުކީގެ ގޯލްޑް މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ބަޔަކު ތާށިވުމުން އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ހާދިސާގައި ގޯލްޑް މައިންގައި މަސައްކަތް ކުރަމުންދިޔަ ނުވަ ވަރަކަށް މުވައްޒަފުން ތާށިވެފައިވާއިރު، އެ މީހުން ސަލާމަތް ކުރުމަށް އެތައް ސަތޭކަ ރެސްކިއު ވޯކަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔޫނިއަން ޗެމްބާސް އޮފް ޓާކިޝް އިންޖިނިއާސް އެންޑް އާޓިޓެކްޓްސް އިން ބުނީ މި ހާދިސާއާ ގުޅިގެން ގޯލްޑް މައިން ވަގުތުން ބަންދު ކުރަން ޖެހޭ ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ވިދާޅުވީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ފުލުހުންނާއި، ރެސްކިއު ވޯކަރުންނާއި، ވޮލަންޓިއަރުންގެ އިތުރުން އަސްކަރިއްޔާ ހިމެނޭ ގޮތަށް 1،700 އެއްހާ މީހުންގެ ޓީމަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މި ހާދިސާއާ ގުޅޭ ތަހުގީގެ ފަށާފައިވާއިރު މިހާތަނަށް މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ހާދިސާ ހިނގި ގޯލްޑް މައިންއަކީ މީގެ ކުރިންވެސް މައްސަލަތަކެއް ދިމާވެގެން ބޮޑު ޖޫރިމަނާއެއް ކޮށް ބަންދުކުރި ތަނެކެވެ. ނަމަވެސް އެތަން އަނބުރާ ހުޅުވުމަށް ދެ އަހަރު ފަހުން ވަނީ ހުއްދަ ދީފަ އެވެ.

ތުރުކީގައި ގޯލްޑް މައިން ފަދަ ތަންތަން އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް ނާޅައި، އަދި ސަލާމަތީ ގޮތުން ބަލަން ޖެހޭ ވަރަށް ނުބަލައި ކުރާތީ ކުރިންވެސް ކަންބޮޑުވުންތަކެއް ޖަމިއްޔާތަކުން ވަނީ ފާޅުކޮށްފަ އެވެ.