Advertisement

ކުޑަހެންވޭރުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ފަރާތުން ކްލަބުގެ ކުޅުންތެރިޔަކަށް ގެއްލުމެއް ނުލިބޭ: ވިކްޓްރީ

14 ފެބުރުވަރީ 2024 - 17:49 1

ވިކްޓްރީ ސްޕޯޓްސް ކްލަބް


ކުޑަހެންވޭރުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ފަރާތުން ކްލަބުގެ ކުޅުންތެރިޔަކަށް ގެއްލުމެއް ނުލިބޭ: ވިކްޓްރީ

14 ފެބުރުވަރީ 2024 - 17:49 1

ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގެ ތެރެއިން ކުޑަހެންވޭރުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ފަރާތުން އެ ކްލަބުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވިކްޓްރީން ބުނެފި އެވެ.

ވިކްޓްރީ އާއި ކުޑަހެންވޭރާ ދެމެދު ކުޅުނު ދެ ވަނަ ޑިވިޝަނުގެ ކުއާޓާފައިނަލް މެޗުގެ 81 ވަނަ މިނެޓުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަހެންވޭރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށްވެ އެވެ.

ނަމަވެސް ވިކްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަހެންވޭރުގެ އޮފިޝަލެއް އަދި ކުޅުންތެރިޔެއްގެ ފަރާތުން ނަމަވެސް އެ ކްލަބުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި މެދު ނިމުނު ފަހުން މައްސަލަ ހައްލު ކުރަން ކުޑަހެންވޭރުން އިސްނަގާފައިވާ ކަމަށް ވެސް ވިކްޓްރީން ބުންޏެވެ.

"މި ބަޔާން މި ދަނޑިވަޅުގައި ނެރެފައި މި ވަނީ ކުޑަހެންވޭރުގެ އޮފިޝަލެއް ކަމުގައިވާ އިބްރާހިމް އަލީފް ރައޫފް ދަނޑަށް އަރައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޓީމަށް ގެއްލުންދީފައިވާކަމުގެ އަޑު ފެތުރިފައިވުމުން ސަޕޯޓަރުންނަށް ހަގީގަތް ބަޔާންކޮށްދިނުމުގެ މަގުސަދުގަ،" އެ ބަޔާނުގައިވެ އެވެ.

އެ މައްސަލަ ޖެހުނު މެޗު ކުޅެން ފަހުން ތާވަލު ކުރި ނަމަވެސް ކުޑަހެންވޭރުން އެ މެޗު ކުޅެން ބޭނުމެއް ނުވި އެވެ. އެހެންކަމުން ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދިޔައީ ވިކްޓްރީ އެވެ.