Advertisement

އައިއޯއައިޖީގެ އޯގަނައިޒިން ކޮމިޓީގެ ނައިބް ރައީސް ސައްތާރު އިތުރު ދައުރަކަށް އިންތިހާބުކޮށްފި

14 ފެބުރުވަރީ 2024 - 14:23 0

އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު: އޭނާ ވަނީ އައިއޯއައިޖީގެ އޮގަނައިޒިން ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް އިތުރު ދައުރަކަށް އިންތިހާބުކޮށްފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އައިއޯއައިޖީގެ އޯގަނައިޒިން ކޮމިޓީގެ ނައިބް ރައީސް ސައްތާރު އިތުރު ދައުރަކަށް އިންތިހާބުކޮށްފި

14 ފެބުރުވަރީ 2024 - 14:23 0

އިންޑިއަން އޯޝަން އައިިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އޮގަނައިޒިން ކޮމިޓީ (ސީއައިޖޭ)ގެ ނައިބު ރައީސަކަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)، އިތުރު ދައުރަކަށް އިންތިހާބުކޮށްފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމު، 2021 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފުރަތަމަ ސީއައިޖޭގެ ނައިބަކަށް އިންތިހާބުވީ، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ވަނީ ވޭތުވެދިޔަ އަހަރުތަކުގައި، ސީއައިޖޭގައި ނައިބަކަށް މަސައްކަތް ކުރެއްވިއިރު، ފާހަގަކުރެވޭ ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ. އޭގެ ސަބަބުން، ސީއައިޖޭ އިން ސައްތާރު، އިތުރު ދައުރަކަށް އިންތިހާބު ކުރަން މި ވަނީ ނިންމައިފަ އެވެ.

އޮލިމްޕިކް ކޮމިޓީން ވަނީ ސައްތާރު، އަނެއްކާ ވެސް ސީއައިޖޭގެ ހިންގުމުގެ މި އިސް މަގާމަށް އިތުރު ދައުރަކަށް އިންތިހާބުވުމާ ގުޅިގެން މަރުހަބާ ކިޔައިފަ އެވެ.

އިންޑިއަން އޯޝަން ގޭމްސްގެ މި ގައުމުތަކަށް ކުރިއަށް އޮތްތަނުގައި ވެސް ސައްތާރުގެ ބައިވެރިވުމާ އެކު، އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފައިވެ އެވެ.

ސައްތާރު އަންނަނީ، ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރިހަމަ ކުރައްވަމުންނެވެ.

ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު މިދިޔަ އަހަރުގެ އައިއޯއައިޖީ، ހޯސްޓްކުރީ މަޑަގަސްކަރާގަ އެވެ. ރާއްޖޭން އެ ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު ދޫކޮށްލީ، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ކަންތައްތަކާ ހެދި، ތައްޔާރީތަކުގެ ކަންކަން މަޑުޖެހިގެންދިއުމުންނެވެ.

މަޑަގަސްކަރާގައި މިދިޔަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖޭން، 28 މެޑަލް ހޯދިއިރު، މިއީ މިހާތަނަށް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

އައިއޯއައިޖީ ދެން އޮންނާނީ 2027 ވަނަ އަހަރުގައި ކޮމޮރޯސްގަ އެވެ.