Advertisement

ޖޯޖީނިއޯގެ ކުޅުމާއި ކޯޗިން ކެރިއަރު އެކު އެކީ ކުރިއަށް

14 ފެބުރުވަރީ 2024 - 12:57 0


ޖޯޖީނިއޯގެ ކުޅުމާއި ކޯޗިން ކެރިއަރު އެކު އެކީ ކުރިއަށް

14 ފެބުރުވަރީ 2024 - 12:57 0

ލަންޑަން (ފެބްރުއަރީ 14) - އާސެނަލަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު، ޖޯޖީނިއޯގެ ކުޅުމާއި ކޯޗިން ކެރިއަރު އެކުއެކީ ކުރިއަށްދާއިރު، އޭނާ ދާދި ފަހުން، ޔުއެފާ ކޯޗިން ބީ ލައިސަންސް ހާސިލްކޮށްފި އެވެ.

އާސެނަލްގައި މިދިޔަ ދެ އަހަރު ގިނަ ކުޅުންތެރިންތަކެއް ވަނީ ކޯޗިން ލައިސަންސް ހާސިލްކުރުމުގެ ކަންކަން ކުރިއަށްގެންގޮސްފަ އެވެ. އޭގެ ތެރޭގައި އާސެނަލް ދޫކޮށް، ބަޔާ ލެވަކޫސަން އަށް ބަދަލުވި ގްރޭނިޓް ޝަކާ ވެސް ހިމެނެ އެވެ.

އާސެނަލްގައި މި ވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ އެކްޓިވްކޮށް ކޯޗިން މަސައްކަތް ކުރަނީ ޖޯޖީނިއޯ، 32، އެވެ. އޭނާގެ އިތުރުން ގޯލްކީޕަރު، އާރޮން ރަމްސްޑޭލް އާއި މިޑްފީލްޑަރު މުހައްމަދު އެލްނެނީ ވެސް ކޯޗިން ލައިސަންސްގެ ކަންކަން އަންނަނީ ކުރަމުންނެވެ.

ރަމްސްޑޭލް ވެސް ވަނީ ޔުއެފާ ކޯޗިން ބީ ލައިސަންސް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ޗެލްސީ ދޫކޮށް، 15 މިލިއަން ޑޮލަރުގެ ޓްރާންސްފާގައި އާސެނަލަށް ބަދަލުވި ޖޯޖީނިއޯ ވަނީ އެ ކްލަބާ ގުޅުނުތާ ކުރު މުއްދަތަކަށް ފަހު، ކޯޗިންގެ ކަންކަން ފަށައިފަ އެވެ. އެއީ، އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާގެ ވެސް އެއްބާރުލުމާ އެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޖޯޖީނިއޯ މި ވަގުތު އަންނަނީ އާސެނަލްގެ 14 އަހަރުން ދަށުގެ ޓީމާއި ޖޫނިއާ އިތުރު ކުޅުންތެރިންގެ ކޯޗިން ކަަންކަމުގައި ބައިވެރިވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، ޖޯޖީނިއޯގެ ވިސްނުމަކީ، ކުޅުމުގެ ކެރިއަރު އެއްކޮށް ނިންމާލުމުގެ ކުރިން، ކޯޗިންގެ ޕްރޮފެޝަނަލް ލައިސަންސް ހޯދުމެވެ.