Advertisement

ޗެމްޕިއަންސް ލީގު ގަދަ 16ގެ ގަދަ ހިފުންތައް މީޑިއާނެޓުން ވަގުތުން ބަލާލެވެނޭ

14 ފެބުރުވަރީ 2024 - 12:03 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ޗެމްޕިއަންސް ލީގު ގަދަ 16ގެ ގަދަ ހިފުންތައް މީޑިއާނެޓުން ވަގުތުން ބަލާލެވެނޭ

14 ފެބުރުވަރީ 2024 - 12:03 0

ޔޫރަޕުގެ އެންމެ ބޮޑު ކްލަބް ފުޓުބޯޅަ މުބާރާތް, ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗުތައް މީޑިއާނެޓުގެ ސްޕޯޓްސް ޗެނަލްތައް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

މި މުބާރާތުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް މިއަދާއި މާދަމާގެ އިތުރުން މި މަހުގެ 22 އަދި 21 ވަނަ ދުވަހު ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. މި ހުރިހާ މެޗެއް ސޮނީ ސްޕޯޓްސް ޓެންގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓު ކަސްޓަމަރުންނަށް ވަގުތުން ބަލާލެވޭނެ އެވެ.

ފެބްރުއަރީ، 14

މިއަދު ދެ މަޗެއް ކުޅެވިގެންދާނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަދި އެފްސީ ކޯޕަންހޭގަން އެވެ. މި މެޗު ފަށާނީ ދަންވަރު 1:00 ގަ އެވެ. އަދި މެޗު ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

ދެވަނަ މެޗުގައި ކުޅޭނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރިއާލް މެޑްރިޑް އަދި ޖަރުމަނުގެ އާރްބީ ލެއިޕްޒެގް އެވެ. މި މެޗު ވެސް ފަށާނީ ދަންވަރު 1:00ގަ އެވެ. މި މެޗު ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިންނެވެ.

ފެބްރުއަރީ، 15

ފްރާންސްގެ ވަރުގަދަ ކްލަބް ޕީއެސްޖީ މާދަމާ ރޭ 1:00 ގައި ނުކުންނާނީ ސްޕެއިންގެ ރިއަލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނުގެ ފުޓުބޯޅައިގެ ރަސްކަންކުރަމުންދާ ބަޔާން މިއުނިކް އަދި އިޓަލީގެ ލާޒިއޯއެވެ. ލާޒިއޯ ގަދަ16 އަށް ދަތުރުކުރީ ގްރޫޕް އީގެ ދެވަނަ ޓީމުގޮތުގަ އެވެ. އަދި ބަޔާން މިއުނިކް ގްރޫޕް އޭގެ އެއްވަނަ ޓީމު ގޮތުގަ އެވެ. މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިން 01:00 ގަ އެވެ.

ފެބްރުއަރީ، 21

މި ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެދަލޭންޑްސް ލީގުގެ އެއްވަނައިގައި ބޮޑު ތަފާތަކާއެކު އޮތް ޕީއެސްވީ އަދި މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޮފް ޑެތުކަމުގައި ބެލެވުނު ގްރޫޕް އެފްގެ އެއްވަނަ ހޯދި ޖަރުމަނުގެ ކްލަބް ޑޯޓްމަންޑް އެވެ.

ޑޯޓްމަންޑް މި ގްރޫޕުން އެއްވަނަ ހޯދީ ޕީއެސްޖީ، އޭސީ މިލާން އަދި ނިއުކާސަލް ޔުނައިޓެޑް ފަހަތައް ޖައްސާލުމަށްފަހު އެވެ.

މި މެޗު ފަށާނީ ދަންވަރު 1:00 ގަ އެވެ. އަދި މެޗު ފެންނާނީ ސޮނީ ސްޕޯރޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

އެ ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިޓަލީގެ އިންޓަ މިލާން އަދި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް އެވެ. އެޓްލެޓިކޯ އިންވަނީ ގްރޫޕް އީގެ އެއްވަނަ ހޯދާފަ އެވެ. އިންޓަ މިލާން ޕޮއިންޓް އިން އެއްވަރުވެގެން ދިޔައީ ގްރޫޕް ޑީގެ ދެވަނައަށެވެ.

މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯރޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިން 01:00 ގައެވެ.

ފެބްރުއަރީ، 22

މި ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިނގިރޭސި ޓީމް އާސެނަލް އަދި ޕޯރޗުގަލްގެ ޕޯޓޯ އެވެ. އާސެނަލް ވަނީ ގްރޫޕް ބީގެ އެއްވަނަ ހޯދާފަ އެވެ. ޕޯޓޯއަށް ލިބުނީ ގްރޫޕް އެޗްގެ ދެވަނަ އެވެ.

ރަނގަޅު ފޯމެއްގައި އޮތް މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ 01:00 ގައެވެ. އަދި މެޗު ފެންނާނީ ސޮނީ ސްޕޯރޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

ބުރާސްފަތި ދުވަހުގެ ދެވަނަ މެޗުގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަޕޯލީ އެވެ. ބާސެލޯނާއިން ވަނީ ގްރޫޕް އެޗްގެ އެއްވަނަ ހޯދާފަ އެވެ. ނަޕޯލީއަށް ލިބުނީ ގްރޫޕް ސީގެ ދެވަނަ އެވެ.

މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިން 01:00 ގައެވެ.

މި މެޗުތަކަށް ފަހު މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާ ޓީމުތައް އެނގިގެންދާނެ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ހަތަރު ފުޓުބޯޅަ ލީގުގެ މެޗުތައް މީޑިއާނެޓުން އަންނަނީ ގެނެސްދެމުންނެވެ.