Advertisement

ގޯތި ވިއްކާލި މީހުންނަށް އަލުން ފިއްލަދޫއިން ގޯތި ދޫކުރާތީ ޕެޓިޝަނެއް ހަދައިފި

13 ފެބުރުވަރީ 2024 - 15:41 0

ނިމާ ހަސަން

ނިމާ ހަސަން

ހއ. ފިއްލަދޫ; އެރަށުން ގޯތި ދޫކުރާ މައްސަލަ ބޮޑުވެ, މައްސަލަ އިދާރާތަކަށް ހުށަހަޅައިފި -- ފޮޓޯ: ވިޒިޓް ފިއްލަދޫ


ގޯތި ވިއްކާލި މީހުންނަށް އަލުން ފިއްލަދޫއިން ގޯތި ދޫކުރާތީ ޕެޓިޝަނެއް ހަދައިފި

13 ފެބުރުވަރީ 2024 - 15:41 0

ހއ. ފިއްލަދޫ އިން ގޯތި ދޫކުރުމުގެ އުސޫލު ބަދަލު ކުރުމަށް ގޮވާލާ ރައްޔިތުން ހުށަހެޅި ޕެޓިޝަނަށް ރިއާޔަތްނުކޮށް ގޯތީގެ ދާއިމީ ލިސްޓު އާންމު ކުރުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ފިއްލަދޫން ގޯތި ދޫކުރުމަށް އުސޫލާ ދެކޮޅަށް ރައްޔިތުން ޕެޓިޝަން ހުށަހެޅީ, ކުރިން އެރަށުން ގޯތި ދޫކުރިއިރު ގޯތި ލިބި, ނަމަވެސް އެ ގޯތި ވިއްކާލާފައިވާ މީހުންނަށް އަލުން ގޯތި ލިބޭ ގޮތަށް އުސޫލު އޮތުމުންނެވެ. ނަމަވެސް އެ ޕެޓިޝަނަށް ރިއާޔަތް ނުކޮށް, ފިއްލަދޫ ކައުންސިލުން ވަނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފަ އެވެ.

ޕެޓިޝަން ހުށަހެޅި ރައްޔިތުން ބުނާ ގޮތުގައި ކުރިން ގޯތި ލިބުނު މީހުން އެ ގޯތި ވިއްކާލީ ބޮޑު އަގުގައި ފައިދާ ވާނެ ގޮތަށް ކަމަށާއި އޭގެ ތެރޭގައި ރަށުގެ އިސް މަގާމުތަކުގައި ތިބި މީހުން ވެސް ހިމެނެ ކަމަށެވެ. އަދި މިފަހުން ގޯތި ދޫކުރަން ހުޅުވާލާ, ލިސްޓު ނެރުނުއިރު ގޯތި ވިއްކާލި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އަލުން ގޯތި ލިބޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އުސޫލުގައިވާ ބައެއް އެހެން ކަންކަމަށް ވެސް ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެ އެވެ. އެގޮތުން އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ދަރިން ނުލިބޭ އާއިލާތަކަށް ޕޮއިންޓު އިތުރުކޮށް އިސްކަން ނުދޭތީ, އެކަން ކުރުމަށް ވެސް ގޮވާލި އެވެ.

މި މައްސަލަ އިދާރާތަކަށް ހުށަހަޅާ, ފޮނުވި ސިޓީގައި ބުނީ, ކައުންސިލުގެ ފަރާތުން އުސޫލު އެކުލަވާލުމާއި މަސްއޫލިއްޔަތު ނަންގަވައިގެން ތިބި މީހުންނަކީ ގޯތި ދޫކުރުމުގެ އިއުލާނު ކުރުމުގެ ކުރިން އެމީހުންނަށް އަދި އެމީހުން އަނބި ފިރިންނަށް ލިބިފައިވާ ގޯތި މާލީ މަންފާއަށް ވިއްކާލާފައި ތިބި މީހުން ކަމަށެވެ.