Advertisement

ޑާކް ރެއިންގެ "ނޮވެމްބަރު" މާދަމާ ވީޑިއޯ ކްލަބަށް

13 ފެބުރުވަރީ 2024 - 19:04 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ޑާކް ރެއިންގެ "ނޮވެމްބަރު" މާދަމާ ވީޑިއޯ ކްލަބަށް

13 ފެބުރުވަރީ 2024 - 19:04 0

އޮލިމްޕަސް ސްކްރީނުގައި މިފަހުން އެޅުވި އެންމެ މަގްބޫލު ލޯބީގެ ފިލްމު "ނޮވެމްބަރު" މާދަމާ 12:00 ގައި ޕްރިމިއާކޮށް، މީޑިއާނެޓުގެ ވީޑިއޯ ކްލަބް ހިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯން ސްކްރީންތަކުން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

ޑާރކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ނޮވެމްބަރު" އަކީ އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ވީޑިއޯ ކްލަބްގެ އެމް-އޮރިޖިނަލްސް ބެނާރގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ފިލްމު "މަރިޔަމް" ގެ ބަތަލާގެ ރޯލުންވެސް ފެނިގެންދިޔަ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް އެވެ. އަދި މި ފިލްމުގެ ހާއްސަ ރޯލަކުން ދިވެހި ފިލްމީ ދާއިރާގެ އަބަދަށްފެހި ތަރި އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެ އެވެ.

މާލެ، ލ. އަތޮޅު އަދި ރާއްޖެއިން ބޭރުން ސިންގަޕޫރުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ، ރީތި ލަވަތަކެއް ހިމެނޭ އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އެންމެ ބޮޑު ބަޖެޓެއް ހަރަދުކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމު ވީޑިއޯކްލަބަށް ނެރުމަށް ހަމަޖެހިފައިވާ ތާރީހު ފެބްރުއަރީ 14، އަކީ ވީޑިއޯ ކްލަބްގެ އަހަރީ ދުވަހެވެ.

އެމް އެސް ވީޑިއޯ ކްލަބުން އަންނަނީ ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެމް-އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތައް ކަމުގައިވާ ފިލްމާއި ސީރީޒް މި ޕްލެޓްފޯމް މެދުވެރިކޮށް އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

މީޑިއާނެޓުގެ އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބް ހިދުމަތައް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެންޑްރޮއިޑް ސްމާރޓް ޓީވީ ގެންގުޅޭ ފަރާތްތަކުން ޑީކޯޑަރަކާ ނުލާ ސީދާ އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކޮށްގެންވެސް ވީޑިއޯ ކްލަބްގެ ކޮންޓެންޓް ބަލާލެވޭނެ އެވެ.

ހަމައެހެންމެ އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން މި ކޮންޓެންޓް ބެލޭނެ އެވެ.

ވީޑިއޯ ކްލަބުން އަންނަނީ ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް ކޮންޓެންޓް ލައިބްރަރީގައި ހިމަނަމުންނެވެ. އެގޮތުން ޒީ5 އޮރިޖިނަލްސްގެ ސީރީޒްތަކާއި އެހެނިހެން ހިންދީ، އިނގިރޭސި އަދި ޓާކިޝް ސީރީޒް އާއި ކާރޓޫން ސީރީޒްތައް ހިމެނެ އެވެ.

މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް މެދުވެރިކޮށް ވީޑިއޯ ކްލަބް ސަބްސްކްރިޕްޝަނެއް ނަގާލެވޭނެ އެވެ.