Advertisement

ކުށްތަކަށް އަރައިގަތް 186 ބިދޭސީން ޑީޕޯޓުކޮށްފި

13 ފެބުރުވަރީ 2024 - 12:07 0

ނިމާ ހަސަން

ނިމާ ހަސަން

ގާނޫނާ ހިލާފުވެ, ކުށްތަކަށް އަރައިގަތް 186 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓުކޮށްލައިފި -- ފޮޓޯ: އިމިގްރޭޝަން


ކުށްތަކަށް އަރައިގަތް 186 ބިދޭސީން ޑީޕޯޓުކޮށްފި

13 ފެބުރުވަރީ 2024 - 12:07 0

ކުށްތަކަށް އަރައިގަތް 186 ބިދޭސީއަކު ރާއްޖެއިން ޑިޕޯޓުކޮށްލައިފި އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޮޕަރޭޝަންތަކުން, ބޮޑެތި ކުށްތަކަށް އަރައިގަންނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް, އޭގެ ތެރޭގައި ޑޮކިއުމެންޓާއި ޕާސްޕޯޓު ހުރި ބައެއް ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ސިލްސިލާކޮށް ހަފްތާއަކު ދެ ނުވަތަ ތިން ރެއިޑް އޮޕަރޭޝަން ހިންގަމުންދާ ކަމަށެވެ. މިއީ ވަކި ބަޔަކަށް ޓާގެޓް ކޮށްގެން ހިންގާ ހާއްސަ އޮޕަރޭޝަންތައް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑީޕޯޓުކުރި 186 ބިދޭސީންނަކީ 12 ގައުމަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް އަދި އިންޑިއާގެ އިތުރުން ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

  • ބަންގްލަދޭޝް: 83
  • އިންޑިއާ: 43
  • ސްރީލަންކާ: 25
  • ނޭޕާލް: 8
  • ޕާކިސްތާނު: 1
  • ތައިލެންޑް: 7
  • ފިލިޕިންސް: 4
  • ވިއެޓްނާމް: 8
  • ރަޝިޔާ: 1
  • ލެޓްވިއަން: 1
  • ބްރެޒިލް: 2
  • ނައިޖީރިއާ: 3

ޝަމްއާން ވިދާޅުވި ގޮތުގައި ޑިޕޯޓު ކުރި ބިދޭސީންގެ ތެރޭގައި ވިސާ ވައިލޭޝަން އަދި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ހިމެނެ އެވެ.