12 ފެބުރުވަރީ 2024 - 11:43 1
ނިމާ ހަސަން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްގައިވާ ހިޔާ ފްލެޓުތައް; އެތަނުގައި އިތުރު ލިފްޓު ހަރު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ: އިޔާން/ އަދަދު
12 ފެބުރުވަރީ 2024 - 11:43 1
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލޓޑ އަށެވެ. އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް މިހާރު ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ދަނީ ހަރުކުރަމުންނެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރު ކުރުމުގެ މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަރުކާރުން އަދި މި މަސައްކަތް ހަވާލުކުރި އެޗްޑީސީން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ނަމަވެސް މަޝްރޫއު ހަވާލުކުރީ ކިހާ ފައިސާއަކަށް ކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ހިޔާގެ ކޮންމެ ޓަވަރަކަށް ލިފްޓެއް އިތުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"މި ޓަވަރުތަކުގައި ހުރި ޖާގައަށް ބަލައި، ޖާގަ އެބަ ހުރި، އިންޖިނިއަރިންގެ މިންގަނޑުތަކާ އެއްގޮތަށް ޕްލޭންކޮށްގެން ކޮންމެ ޓަވަރަކަށް އިތުރު ލިފްޓު އަޅުގަނޑުމެން އިތުރުކޮށްދޭނަން،" ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ފެށި ހިޔާ މަޝްރޫއުގެ ދަށުން ޑިޒައިންކޮށް އިމާރާތްކުރި ޓަވަރުތަކުގައި މީހުން ދިިރިއުޅެން ފެށުމުން، އެ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދާ ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާ ފެންމަތިވި އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވޯލް
about 1 year ago
ހުރިހާ ކަމެއް ހާމަކުރާނެކަމަށް ބުނެ ވައުދުވެގެން އައި ސަރުކާރުގެ، އަސްލުކަންކަން ހުންނަނީ ކަންކަން ފޮރުވުން
Comment