Advertisement

ލަލީގާ ދިފާއުކުރަން ވަރަށް އުނދަގޫވާނެ ކަމަށް ޒަވީ ބުނެފި

12 ފެބުރުވަރީ 2024 - 12:26 0


ލަލީގާ ދިފާއުކުރަން ވަރަށް އުނދަގޫވާނެ ކަމަށް ޒަވީ ބުނެފި

12 ފެބުރުވަރީ 2024 - 12:26 0

ބާސެލޯނާ (ފެބްރުއަރީ 12) - ސްޕެނިޝް ލީގު (ލަލީގާ)ގެ ޗެމްޕިއަންކަން ދިފާއުކުރަން ވަރަށް އުނދަގޫވެފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްކަން ނިންމާފައިވާ ޒަވީ މި ގޮތަށް ބުނެފައިވަނީ، ސްޕެނިޝް ލީގުގައި ރޭ، ގްރަނާޑާއާ 3-3 އިން ބާސެލޯނާ އެއްވަރުވި މެޗަށް ފަހު އެވެ. ލީގު ތާވަލުގެ 19 ގައި އޮތް ގްރަނާޑާ އަތުން ބާސެލޯނާ ސަލާމަތްވީ، 16 އަހަރުގެ ފޯވާޑް ލަމީން ޔަމާލް ޖެހި ގޯލުންނެވެ. މި މެޗުގައި އޭނާ ދެ ގޯލު ޖެހި އެވެ.

ޔަމާލް، 14 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިން މި މެޗުގައި، ގްރަނާޑާ އިން ވަނީ ރިކާޑް ސަންޗޭޒްގެ ލަނޑުން އެއްވަރުކޮށްފަ އެވެ. އަދި ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ގްރަނާޑާ އަށް ކުޅެމުން އަންނަ، ފަކުންޑޯ ޕެލެސްޓްރީ ޖެހި ގޯލުން ގްރަނާޑާ އިން 60 ވަނަ މިނިޓްގައި ލީޑުނެގި އެެވެ. އޭގެ ތިން މިނިޓް ފަހުން، ރޮބަޓް ލެވަންޑޯސްކީ ބާސެލޯނާ އަށް އެއްވަރުކޮށްދިންތާ، ތިން މިނިޓް ހިނގިތަނާ ގްރަނާޑާ އިން އަލުން ލީޑުނެގީ، އިގްނާސީ މިގޭލް ޖެހި ގޯލުންނެވެ.

މެޗު ނިމެން 10 މިނިޓަަށް ވެފައި ވަނިކޮށް، ބާސެލޯނާ ސަލާމަތްކޮށްދިން ގޯލު ޖެހި ހަމާލް ބުނީ، މިއީ ފަސޭހައިން މޮޅުވެވެން އޮތް މެޗެއްގައި ފަސޭހަކޮށްލުމުން ނުކުތް ދަށް ނަތީޖާއެއް ކަމަށެވެ.

"އަހަރެމެން ވަރަށް ފަސޭހައިން އެ މީހުން ދެ ގޯލު ޖަހަން ދެވުނީ. ޓީމުުގެ އުންމީދު އޮތް، ހިތްވަރު ވެސް ކުރި. އެކަމަކު، މިހާރު ނަތީޖާ މި އޮތް ގޮތުން، އަހަރެމެންނަށް (ލީގު ދިފާއުކުރަން) ވަރަށް އުނދަގޫވާނެ،" ޒަވީ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަަށް ވަނީ 24 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަަށް 24 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ، ތިން ވަަނައިގައި އޮތް ބާސެލޯނާ އަށް 24 މެޗުން ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އޮތީ 24 މެޗުން 48 ޕޮއިންޓެވެ.