Advertisement

ފަހު ވަގުތު ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ އެއް ވަަނަ އަށް

about 7 hours 0


ފަހު ވަގުތު ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ އެއް ވަަނަ އަށް

about 7 hours 0

ބާސެލޯނާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ގޯލު ޖަހައި ބާސެލޯނާ 2-1 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އެތުލެޓިކޯ އިން އެއް ވަނަ އަށް ޖެހިލީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެ ގޮތުން، އެތުލެޓިކޯ އަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ދެ ވަަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ.

ބާސެލޯނާ އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ވަނީ ލީޑުނަގައިފަ އެވެ. އެތުލެޓިކޯގެ ފަހަތަށް ބާރު ބޮޑުކޮށް ގިނަ އެޓޭކްތަކެއް ބާސެލޯނާ އިން ފުރަތަމަ ހާފުގައި ކުރިއިރު، އެ ޓީމުން ލީޑުނެގި ލަނޑު ޖެހީ، 30 ވަނަ މިނިޓްގައި ގަވީ ދިން ބޯޅައަކުން ޕެޑްރީ އެވެ. ޕެޑްރީ ވަނީ ގަވީ ދިން ބޯޅަ ތިިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލަކް އަށް އެ ބޯޅަ ހުއްޓުވޭނެ މާ ބޮޑު ގޮތެއް ނެތެެވެ.

ފުރަތަމަ ހާފާ ހިލާފަށް އެތުލެޓިކޯ އިން ދެ ވަނަ ހާފަށް ނުކުތީ ރަނގަޅު ރޫހެއްގަ އެވެ. އެޓޭކަށް ދާ ބޯޅަތަކުގައި އެތުލެޓިކޯގެ މަސައްކަތުގެ ރޭޓް ރަނގަޅަށް ފެނިގެންދިޔައިރު، މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ 60 ވަނަ މިނިޓްގައި ރޮޑްރީގޯ ޑެ ޕޯލް އެވެ. ޑެ ޕޯލް، މި ގޯލު ޖެހީ، ބާސެލޯނާގެ މާކް ކަސާޑޯ ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ.

މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި، އެތުލެޓިކޯގެ ގޯލު ޖެހީ އަލެކްސަންޑަ ސޯލޯތު އެވެ. ބަދަލަކަށް ކުޅެން އެރި ސޯޯލޯތު މި ގޯލު ޖެހީ ނަހުއެލް މޮލީނާގެ ހުރަހަކުންނެވެ. މިއީ، ސްޕެނިޝް ލީގުގައި މި ފަހަރު އެންމެ ގިނަ ގޯލު ޖެހި ސޯލޯތުގެ އަށް ވަނަ ގޯލެވެ. މި ގޯލުން އެތުލެޓިކޯ މި ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުން މޮޅުވެފަ އެވެ.

ރޭގެ ނަތީޖާއާ އެކު، އެތުލެޓިކޯ އިން މި އަހަރު ނިންމާލާނީ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ.