Advertisement

މަގުމަތިން މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގަތް ދެ މީހުން ހައްޔަރުކޮށްފި

12 ފެބުރުވަރީ 2024 - 10:24 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަރިޔަމް މުހައްމަދު (މާޔަން) --


މަގުމަތިން މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގަތް ދެ މީހުން ހައްޔަރުކޮށްފި

12 ފެބުރުވަރީ 2024 - 10:24 0

ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށް ފޭރިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. އަދި މި ދެމީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާ ހިނގީ އިއްޔެ ހެނދުނު 6:20 ހާއިރު މާޔަން ދުވަން ނިކުމެ އުޅެނިކޮށް އޭނާ ބިންމައްޗަށް ވައްޓާލުމަށް ފަހު އެވެ.

މާޔަން ވަނީ, އޭނާގެ ކަރުގައި އޮތް ފަށް ފޭރިގެންފައިވާ ކަމަށާއި އެ ފަށް ވިއްކަން އުޅޭނަމަ އޭނާއަށް އެންގުމަށް އެދި ފޭސްބުކްގައި ޕޯސްޓު ވެސް ކޮށްފަ އެވެ.