Advertisement

ތިލަމާލެ ބްރިޖު މަޝްރޫއުގެ 33 ޕަސެންޓް ނިިމިއްޖެ: ކޮންސްޓްރަކްޝަން މިނިސްޓްރީ

11 ފެބުރުވަރީ 2024 - 20:17 0

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ: ބްރިޖް މަޝްރޫއުގެ 33 ޕަސެންޓް ނިމިފައިވާ ކަމަށް މިިނިސްޓްރީން ބުނި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ތިލަމާލެ ބްރިޖު މަޝްރޫއުގެ 33 ޕަސެންޓް ނިިމިއްޖެ: ކޮންސްޓްރަކްޝަން މިނިސްޓްރީ

11 ފެބުރުވަރީ 2024 - 20:17 0

ވެރިރަށް މާލެ އާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއުގެ 33.4 ޕަސެންޓް މަަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަވައްޓެރި އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އެ މަޝްރޫއުގެ ދުވެލި މަޑުގިންޏެއްގައި ކުރިއަށް ގޮސްފައިވާއިރު މި ސަރުކާރުން ބުނި ގޮތުގައި މަޝްރޫއު އަވަސް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން، މަޝްރޫއު ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް، ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ޕޯސްޓު ކުރި ވީޑިއޯއިން ފެންނަ ލިޔުންކޮޅުގައިވާ ގޮތުން މުޅި މަޝްރޫއުގެ 33.4 ޕަސެންޓު ނިމުނުއިރު ޕައިލިން މަސައްކަތުގެ ނިމުނީ 54.5 ޕަސެންޓެވެ.

"މަސައްކަތުގެ ދުވެލި މިހާރު ހުރީ ތާވަލާ އަޅާ ބަލާއިރު 1.2 ޕަސެންޓު ކުރީގައި،" ކޮންސްޓްރަކްޝަން މިނިސްޓްރީން ޕޯސްޓު ކުރި ވީޑިއޯއިން ފެންނަ ލިޔުންކޮޅުގައިވެ އެވެ.

މާލެ ސަރަހައްދުގެ ހަތަރު ރަށެއް ގުޅުވައިލަދޭ 6.7 ކިލޯމީޓަރުގެ އެ ބްރިޖުގެ މަސައްކަތުގެ ޝެޑިއުލް އަވަސް ކުރަން އިންޑިއާގައި ދަންނަވާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހިންގާ މި މަޝްރޫއު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން، މޭ 2024 ގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވެގެން ދިޔުމާއެކު އަލަށް އެކުލަވާލި ތާރީހުގައި، ވިލިމާލެއާ ހަމައަށް ބްރިޖު ގުޅައިލަން ޖެހެނީ 2025 ގެ ނިޔަލަށެވެ. އަދި ތިލަފުއްޓާ ހަމައަށް ގުޅާލަން ޖެހެނީ ސެޕްޓެމްބަރު 2026 ގެ ނިޔަލަށެވެ.