Advertisement

ދުވަން ނުކުމެ އުޅެނިކޮށް މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގަނެއްޖެ، ފުލުހުން މައްސަލަ ބަލަނީ

11 ފެބުރުވަރީ 2024 - 12:29 0

ނިމާ ހަސަން

ނިމާ ހަސަން


ދުވަން ނުކުމެ އުޅެނިކޮށް މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގަނެއްޖެ، ފުލުހުން މައްސަލަ ބަލަނީ

11 ފެބުރުވަރީ 2024 - 12:29 0

މަގުމަތިން ދަނިކޮށް, ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްް ގިނަ މަސައްކަތްތަކެއް ކުރައްވާ މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ސައިކަލެއްގައި ދިޔަ ދެ މީހަކު, ހުޅުމާލެ ރީތިގަސް މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފައިވާ ކަމުގެ ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.

މިއަދު ހެނދުނު 6:20 ހާއިރު, މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭގަ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން މާޔަން ވަނީ, އޭނާގެ ކަރުގައި އޮތް ފަށް ފޭރިގެންފައިވާ ކަމަށާއި, އެ ފަށް ވިއްކަން އުޅޭނަމަ އޭނާއަށް އެންގުމަށް އެދި ފޭސްބުކްގައި ޕޯސްޓު ކޮށްފަ އެވެ.

މާޔަން ބުނި ގޮތުގައި, ސައިކަލެއްގައި އައި ދެމީހަކު އޭނާ ކަރުގައި އޮތް ފަށް ފޭރިގަތީ, ދުވަން ނިކުމެ އުޅެނިކޮށް އޭނާ ބިންމައްޗަށް ވައްޓާލުމަށް ފަހު އެވެ.