Advertisement

ޔޫކްރެއިންގެ ކޮމާންޑާ އިން ޗީފް މަގާމުން ވަކިކޮށްފި

10 ފެބުރުވަރީ 2024 - 17:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޔޫކްރެއިންގެ ކޮމާންޑާ އިން ޗީފް ޒަލުޒީނިޔީ -- ފޮޓޯ: ރޮއިޓާސް


ޔޫކްރެއިންގެ ކޮމާންޑާ އިން ޗީފް މަގާމުން ވަކިކޮށްފި

10 ފެބުރުވަރީ 2024 - 17:36 0

ޔޫކްރެއިންގެ ކޮމާންޑާ އިން ޗީފް ވެލެރީ ޒަލުޒީނިޔީ މަގާމުން ވަކިކޮށްފި އެވެ.

ޒަލުޒީނިޔީ މަގާމުން ވަކިކުރަން ނިންމެވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކަމަށްވާއިރު، އޭނާ ވަނީ ކޮމާންޑާ އިން ޗީފްގެ މަގާމުގައި ޒަލުޒީނިޔީ ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އެއާއެކު، ރައީސް ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އާ ކޮމާންޑާ އިން ޗީފްގެ މަގާމަށް ޖެނެރަލް އޮލެކްސާންޑާ ސިރްސްކީ ހަމަޖައްސައި، އެކަން އިއުލާން ކޮށްފަ އެވެ.

ޒެލެންސްކީ ވިދާޅުވީ، ކޮމާންޑާ އިން ޗީފްގެ މަގާމު ބަދަލުކުރަން ނިންމީ ލީޑާޝިޕަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށާއި މި ބަދަލުތަކާއެކު ކުރިޔަށް އޮތްތަނުގައި ކަންކަން އިތުރުށް ރަނގަޅުވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޔޫކްރެއިން އަދި ރަޝިއާގެ ހަނގުރާމަ ފެށި ފަހުން މަގާމުގައި ހުރި ޒަލުޒީނިޔީގެ އިރުޝާދުގެ ދަށުން ޔުކްރެއިނުން ހަނގުރާމަ ކުރިއަށް ގެންގޮސްފައިވާއިރު، އާ ކޮމާންޑާ އިން ޗީފް ސިރްސްކީ ވަނީ މަގާމުގެ ޒިންމާ ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރަޝިއާ އިން ޔޫކްރެއިންއަށް އަރައި ދެމުން އަންނަ ހަމަލާތަކުން ސަލާމަތްވުމަށް ޔުކްރެއިން އިން ކުރަމުންދާ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމު ކުރަން ކޮށްފައިވާ މަސައްކަތް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.