Advertisement

ޕާކިސްތާނުގެ އިންތިހާބު: އެމެރިކާ، ޔޫކޭ އަދި އީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

10 ފެބުރުވަރީ 2024 - 17:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާން އިންތިހާބުގައި ވޯޓު ގުނުން ކުރިޔަށްދަނީ -- ފޯޓޯ؛ ރޮއިޓާސް


ޕާކިސްތާނުގެ އިންތިހާބު: އެމެރިކާ، ޔޫކޭ އަދި އީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

10 ފެބުރުވަރީ 2024 - 17:34 0

ޕާކިސްތާން އާންމު އިންތިހާބާ ގުޅިގެން އެމެރިކާ، ޔޫކޭ އަދި އީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޕާކިސްތާނުގެ އިންތިހާބުގެ ނަތީޖާ އެއްކޮށް މިހާތަނަށް އިއުލާންކޮށްފައި ނުވާއިރު، އިންތިހާބާގެ އިންސާފުވެރިކަމާ މެދު އެމެރިކާ، ޔޫކޭ އަދި އީޔޫއިން ވަނީ ސުވާލު އުފައްދާފަ އެވެ.

އެގޮތުން އެމެރިކާ އަދި އީޔޫ އިން ވަނީ އިންތިހާބުގައި ހިނގައިދިޔަ ކަންކަން އިންސާވެރިކަމާއެކު ތަހުގީގު ކުރަން ވެސް ގޮވާލާފަ އެވެ.

ޕާކިސްތާނުގައި އަލަށް އުފެދޭ ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާ، ޔޫކޭ އަދި އީޔޫ އިން ދީފައިވާއިރު، އެއްވެސް ކެންޑިޑޭޓަކަށް މަރުހަބާ ކިޔާފައެއް ނުވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އިންތިހާބާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕާކިސްތާނުގެ މިލިޓަރީން އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އިންތިހާބާ ދިމާކޮށް އަދި އިންތިހާބަށްފަހު ވެސް ޕާކިސްތާނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ޔޫއެންގެ ހިއުމަން ރައިޓްސް އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ދޭ ހަމަލާތައް އިތުރުވެ، އެތައް ބަޔަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިއްޔެ ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ބައެއް މީހުން މަރުވެފައިވެ އެވެ.

އިންތިހާބުގައި މިހާތަނަށް ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތިޖާއިން 99 ގޮނޑި ކާމިޔާބުކޮށް، ކުރީގައި އުޅެނީ އިމްރާން ހާންގެ ޕީޓީއައި ޕާޓީއަށް ތާއިދުކުރާ މިނިވަން ކެންޑިޑޭޓުންނެވެ. އަދި ދެވަނައިގައި އޮތީ 71 ގޮނޑި ކާމިޔާބުކުރި ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީ އެވެ.

އިންތިހާބުން މޮޅުވި ކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ އިމްރާން ހާން އާއި ނަވާޒް ވެސް ތަގުރީރެއް ވަނީ ދެއްވާފަ އެވެ. އަދި ނަވާޒް ވަނީ ކޯލިޝަނެއް ހެދުމަށް ޕާޓީތަކަށް ގޮވާލާފަ އެވެ.