Advertisement

އެމްޑީޕީން ރިޔާސީ ކެމްޕޭނަށް ކުރި ދަތުރުތަކަށް ދޭންޖެހޭ 5.6 މިލިއަން ހޯދަން މޯލްޑިވިއަން އިން އެންމެ ފަހުގެ ނޯޓިސް ދީފި

10 ފެބުރުވަރީ 2024 - 12:30 2

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެމްޑީޕީން ރިޔާސީ ކެމްޕޭނަށް ކުރި ދަތުރުތަކަށް ދޭންޖެހޭ 5.6 މިލިއަން ހޯދަން މޯލްޑިވިއަން އިން އެންމެ ފަހުގެ ނޯޓިސް ދީފި

10 ފެބުރުވަރީ 2024 - 12:30 2

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް އޭރު ވެރިކަން ކުރި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދާނެ ކަމުގެ ނޯޓިސް އެ ޕާޓީއަށް ދީފި އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވަނީ އެކަން "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނިގޮތުގައި މިއީ ވަކި އެމްޑީޕީއަށް ނުވަތަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ކުންފުނިން ކުރާ ކަމެއް ނޫނެވެ.

އެގޮތުން އެ އެއާލައިނަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާ ހޯދަން ކުންފުނީގެ ރިކަވަރީ ޑިޕާޓްމަންޓުން އަބަދުވެސް އެކި ފިޔަވަޅުތައް އަޅާ ކަމަށާއި އެމްޑީޕީ ނޫނަސް އެހެން ފަރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދަން މިފަދަ ނޯޓިސް ފޮނުވާފައިވާނެ ކަމަށް އޭނާ ބުންނެވެ.

ނަމަވެސް އެއީ ކޮން ކޮން ބައެއްކަން ކުންފުނިން ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީން ރިޔާސީ އިންތިހާބުގައި ކުރި ދަތުރުތަކަށްވާ ފައިސާ ހޯދަން އެ ޕާޓީއަށް އެކިފަހަރު މަތިން އެންގި އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ދައްކާފައި ނުވާތީ މޯލްޑިވިއަން އިން މިހާރު ވަނީ މި މަހުގެ 18 ގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރަން އަނެއްކާ ވެސް ނޯޓިސް ފޮނުވާފަ އެވެ. އަދި އެ މުއްދަތަށް ފައިސާ ނުދައްކައިފި ނަމަ ދައުވާ ކުރާނެ ކަމަށް ވެސް އެ ނޯޓިސްގައި ވަނީ ބުނެފަ އެވެ.