Advertisement

ގަތަރަށް ޖެހިޖެހިގެން އޭޝިއާގެ ދެ ފައިނަލް، ސިއްރަކީ އެއްބައިވަންތަކަން

10 ފެބުރުވަރީ 2024 - 11:45 0

ގަތަރުގެ ކެޕްޓަން، އަލް ހައިދޯސް: އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައިވޭ.


ގަތަރަށް ޖެހިޖެހިގެން އޭޝިއާގެ ދެ ފައިނަލް، ސިއްރަކީ އެއްބައިވަންތަކަން

10 ފެބުރުވަރީ 2024 - 11:45 0

ދޯހާ، ގަތަރު (ފެބްރުއަރީ 10) - އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރަށް މި އަހަރު މުބާރާތުގެ ފައިނަލަށް ދެވުނީ ޓީމުގެ އެއްބައިވަންތަކުގެ ސަބަބުން ކަމަށް އެ ޓީމުގެ ކެޕްޓަން ހަސަން އަލް ހައިދޯސް ބުނެފި އެވެ.

އޭޝިއަން ކަޕްގެ ފައިނަލްގައި މިރޭ ގަތަރާ ދެކޮޅަށް ނުކުންނާނީ ޖޯޑަންއެވެ. މިއީ ގަތަރު މި މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. ޖޯޑަން އަށް މިއީ އޭޝިއަން ކަޕްގެ ފުރަތަމަ ފައިނަލެވެ.

ގަތަރުގައި މިދިޔަ މަހު ފެށި އޭޝިއަން ކަޕްގެ މަހެއްހާ ދުވަސް ކުރިން އެ ޓީމުގެ ކޯޗުކަމުން ކާލޮސް ކުއެރޯޒް ވަކިވުމުން، މި އަހަރުގެ މުބާރާތުގައި ގަތަރަށް ފައިނަލަށް ދެވޭނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަަކަދައްކަމުން ހައިދޯސް ބުނީ ފާޑުކިއުންތަށް އަމާޒުވިޔަސް، ޓީމަށް ފައިނަލަށް ދަތުރުކުރެވުނީ ޓީމުގެ އެއްބައިވަންތަކުގެ ސަބަބުން ކަމަށެވެ.

"މުބާރާތުގެ މަހެއްހާ ދުވަސް ކުރިން ގިނަ ބަޔަކު ހީކުރީ އަހަރަމެންނަށް ފައިނަލާ ހަމައަށްވެސް ނުދެވޭނެކަމަށް. އެކަމަކު ކޯޗާއެކު މަސައްކަތްކޮށް އަހަރަމެންނަށް މި ހިސާބަށް ދެވުނީ ޓީމުގެ އެއްބައިވަންތަކަމާއި ޕްރޮފެޝަނަލް ވިސްނުމެއްގައި ކުޅުންތެރިން މަސައްކަތްކުރުމުން،" ހައިދޯސް ބުންޏެވެ.

ގަތަރުގެ ކޯޗުކަމާ ޓިންޓިން މާކުއޭޒް ހަވާލުވީ މުބާރާތް ގާތްވެފައި ވަނިކޮށެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލަށް ގަތަރު ދަތުރުކުރިއިރު، މާކުއޭޒަ ވަނީ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންނަށްވެސް ފުރުސަތު ދީފައެވެ.

ގަތަރު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އީރާން ބަލިކޮށްފައެވެ. ޖޯޑަން ފައިނަލަށް ދަތުރުކުރީ ދެކުނު ކޮރެއާ ބަލިކޮށްފައެވެ.

މާކުއޭޒް ބުނީ ކުޅުންތެރިންނަކީ "މެޝިނުތަކެއް" ނޫން ކަމަށާއި ފައިނަލަށް ތައްޔާރުވުމަށް ގިނަ ވަގުތު ހޭދަކުރީ ރިކަވަރީއަށް ކަމަށެވެ.

ގަތަރާއި ޖޯޑަން ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00ގަ އެވެ.