Advertisement

މީރާގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

9 ފެބުރުވަރީ 2024 - 13:27 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީރާގެ ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުން --- ފޮޓޯ: އަދަދު


މީރާގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

9 ފެބުރުވަރީ 2024 - 13:27 1

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނުރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ މަގާމަށް އެދި ހުށަހަޅާ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.

މީރާގެ ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންނަކީ އިގުތިސާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގުރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވާ މީހަކަށް ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމަށް ވާން ޖެހޭނެ އެވެ.

އަދި ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނޫންކަމަށްވުމާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން އެއީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.