Advertisement

ޔަޒީދު ބާކީކޮށް، ޓެކްސް ކަމިޝަނަރަކަށް ޒަރީރަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

7 މޭ 2024 - 13:37 1

ކުރީގެ ޓެކްސް ކަމިޝަނަރު ޔަޒީދު މުހައްމަދު (ކ) އަދި ކުރީގެ ޑެޕިއުޓީ ޓެކްސް ކަމިޝަނަރު ހަސަން ޒަރީރު


ޔަޒީދު ބާކީކޮށް، ޓެކްސް ކަމިޝަނަރަކަށް ޒަރީރަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

7 މޭ 2024 - 13:37 1

ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށް ޓަކައި ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމުގެ ތެރެއިން އެމަނިކުފާނު އިސްކަން ދެއްވި، ކުރީގެ ކަމިޝަނަރު ޔަޒީދު މުހައްމަދަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޭގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރަން ކޮމިޓީން ރުހުން ދިނީ ކުރީގެ ޑެޕިއުޓީ ކަމިޝަނަރް އޮފް ޓެކްސޭޝަން ހަސަން ޒަރީރަށެވެ. ޒަރީރުގެ ނަން އޮތީ ރައީސް ފޮނުއްވި ލިސްްޓުގެ ދެވަނައިގަ އެވެ.

ދެ ބޭފުޅުންނާ ވެސް މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އިންޓަވިއު ކުރީ މިއަދު އެވެ. އިންޓަވިއު ހަމަ ނިމުމާ އެކު ރުހުންދިނުމާ މެދު ފެންނަ ގޮތެއް ނިންމަން ނެގި ވޯޓުގައި ޔަޒީދަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ.

ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

ޔަޒީދާއި ޒަރީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މީރާއަށް އައްޔަންކުރި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން މީރާއިން ވަކިވީ، ކަމިޝަނާ އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް 2019 ގައި ގާނޫނު ބަދަލުކުރުމުންނެވެ.