Advertisement

ރައީސް ކެމްޕެއިންގައި ދެއްވި ތަގުރީރުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފި

8 ފެބުރުވަރީ 2024 - 22:16 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒުގެ ވައުދު ފޮތް: މި ފޮތުގައި ވަނީ ރައީސް ކެމްޕެއިންގައި ދެއްކެވި ވާހަކަތަކާއި ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ދެއްވި ތަގުރީރު -- ފޮޓޯ: އިޔާން/ އަދަދު


ރައީސް ކެމްޕެއިންގައި ދެއްވި ތަގުރީރުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފި

8 ފެބުރުވަރީ 2024 - 22:16 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފި އެވެ.

ޖުމްލަ 1024 ސޮފްހާގެ އެ ފޮތުގައި ރައީސް މުއިއްޒު އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމާ ހަމައިން ފެށިގެން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަ ވެސް ހިމެނެ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން ކުރިން ބޭއްވެވި ނޫސްވެރިންގެ ގުންޒަރުގައި ރައީސް ވަނީ, އެމަނިކުފާނުގެ ހުރިހާ ވައުދެއް ހިމެނޭ ފޮތެއް ޗާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ޓިކެޓު ލިބުނު ދުވަހުން ފެށިގެން، އެކި ރަށްރަށަށް، އެކި ސިނާއަތްތަކަށް، ދާއިރާތަކަށް، ހާއްސަކޮށްގެން އަޅުގަނޑު ކޮށްދޭން ބުނެފައިވާ ކަންކަން، ވައުދުތައް، ވަކި ފޮތެއްގައި ނޯޓު ކުރަމުން ގެންދިޔައިން، އެ ނޯޓުތައް ޗާޕު ފޮތެއްގައި ނެރޭނަން،" އެ ހަފްލާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް މުއިއްޒު ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށަށް ވަޑައިގެންނެވި އެވެ.