ޔާމީންގެ ހިތްހަމަނުޖެހުން ސަރުކާރުގެ ވެރިންނަށް: "ކޮން ބަޔަކަށްތޯ މިހާރު ދަތިވަނީ ފުރިހަމަ މިނިވަންކަން ދޭން"

ޔާމީން ގެއަށް ބަދަލުކުރެއްވި ދުވަހު އޭރުގެ އިންތިހާބީ ރައީސް މުއިއްޒު އެމަނިކުފާނުގެ އަރިހުގައި. ޔާމީން މި ސަރުކާރުން ލުއި ދީފައި ނުވާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ޔާމީން ގެއަށް ބަދަލުކުރެއްވި ދުވަހު އޭރުގެ އިންތިހާބީ ރައީސް މުއިއްޒު އެމަނިކުފާނުގެ އަރިހުގައި. ޔާމީން މި ސަރުކާރުން ލުއި ދީފައި ނުވާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން މިއަދުގެ ސަރުކާރަށް ދަތިވެގެން އުޅެނީ ކޮންކަމާ ގުޅިގެންތޯ ސުވާލު އުފައްދަވައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕާ މެދު ކުރީގެ ރައީސް އަބްދުالله ޔާމީން ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރޭ އެމަނިކުފާނު އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންތަކެއް ތައާރަފު ކުރުމަށް ބޭއްވި ޖަލްސާގައި ޔާމީން ވަނީ އަދިވެސް އެމަނިކުފާނު ބަންދުގައި ހުންނެވި ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެެވެ.

"އެމްޑީޕީއެއް ނޫން ވެރިކަމުގައި މިތިބިކީ. އެހެންވީމާ އެމީހުން ކޮންމެހެން ބޭނުމެއް ނުވާނެ އަޅުގަނޑު ޖަލުގައި ބަހައްޓަން. ނޫނިއްޔާ އަޅުގަނޑާއި އަޅުގަނޑުގެ ވޯޓަރުންނާ ވާހަކަ ދެއްކުން މަނާކުރަން އެމީހުން ބޭނުމެއް ނުވާނެ ކޮންމެހެނެއް," ޔާމީން ޝުއޫރު ފާޅުކުރައްވަމުން ވިދާޅުވި އެވެ.

މިހާރު އޮތް ސަރުކާރަކީ އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ހިމެނޭހެން ގެނައި އެމަނިކުފާނުގެ ފިކުރުގެ ތާއިދާއެކު ވެރިކަމަށް އައި ސަރުކާރެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ހުށަހެޅުއްވީ ޔާމީންގެ ސިޔާސަތުތަކެވެ.

"އެހެންވީމާ ކޮން ބަޔަކަށްހޭ މިހާރު އަޅުގަނޑަށް މި ދެންނެވި ފުރިހަމަ މިނިވަންކަން, އަޅުގަނޑާއި އަޅުގަނޑުގެ ވޯޓަރުންނާ ވާހަކަ ދެއްކުމުގެ މިނިވަންކަން ނުދޭން, މި ދަތިވެގެން އުޅެނީ ކޮން ބަޔަކަށްތޯ," ޔާމީން އެއްސެވި އެވެ.

ކޯޓުގެ އަމުރާ އެކު ލީޑާޝިޕްގެ އަޑު ކެނޑުނު

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އޮތީ އިއްވާފަ އެވެ. އެ ހުކުމުގެ ސަބަބުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ނަމަވެސް އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރައްވަ އެވެ.

އެއީ, އެ ޖަލު ހުކުމުގެ ސަބަބުން ޔާމީންގެ ކިބައިގައި ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. އެ ހުކުމާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އަޑު ކެނޑިގެން ދިޔަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހަމަ މުޅިން ކެނޑިގެން ދިޔައީ [އަޑު]. އަޅުގަނޑުގެ ވިސްނުމުގައި ސުޕްރީމް ކޯޓުން ވެސް އަލުން އެ ބޭފުޅުން ނިންމެވި ނިންމެވުން މުރާޖާ ކުރެއްވުމުގެ ފުރުސަތު ލިބޭނީ އަޅުގަނޑުމެން ސިޔާސީ ޕާޓީއަކަށް ވެގެން އަޅުގަނޑުމެން ފިރާސި ވަރުގަދައަށް އެކަމަށް އިހުތިޖާޖުކޮށްގެން," އެ އަމުރާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ލައިވް ޓީވީއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

އެކަން ކުރެވެން އޮތީ އިންތިހާބު ބޮއިކޮޓް ކޮށްގެން ކަމަށް ދެކެވަޑައިގެންނެވި ކަމަށާއި އެއީ ސުޕްރީމް ކޯޓަށް "މި ހެދުނީ ގޯހެއްކަން ވިސްނި" އަލުން އެ މައްސަލަ ރިވިއު ކުރުމުގެ ފުރުސަތު އޮންނާނީ އޭރުން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. ޕީޕީއެމްގައި ގިނަ އަދަދެއްގެ މެމްބަރުން ތިބުމުން އެ ފުރުސަތު އޮންނާނެ ކަމަށް ޔާމީން ގަބޫލުކުރައްވަ އެވެ.

"އެ މަސައްކަތް ވެސް އަޅުގަނޑުމެން ޕާޓީގައި ތިއްބެވި ބޭފުޅުން ބޭނުމެއް ނުވޭ [ކުރައްވާކަށް],"

"ސަރުކާރުގެ ވެރިންނަށް ފޯނު ނަގަން ކެރިވަޑައެއްނުގަންނަވާ"

ލީޑަރުންގެ ގޮތުގައި ތިބޭ މީހުން ދައްކާ ވާހަކަ ބަދަލުވެގެން ދިޔުމުން ސުވާލު އުފެދެނީ އެ ވާހަކަތައް ދެއްކެވި ބޭފުޅުންގެ ނިޔަތާ މެދު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މިއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ މެސެޖަކަށް ޖަވާބު ދެއްވާކަށް ވެސް އަދި ފޯނަކަށް ޖަވާބު ދެއްވާކަށް ވެސް ބޭނުންފުޅެއް ނުވޭ, ކެރިވަޑައިގައެއް ވެސް ނުގަންނަވާ. އެހެންވީމާ އެ ގުޅުމެއް ނޯވޭ. ކީއްވެގެންތޯ އޯވާނައިޓް (އެއްރެއިން) މި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ," ސަރުކާރުގެ ވެރިންނާ މެދު ފާޅުކުރެއްވި ހިތްހަމަނުޖެހުންތަކުގެ ތެރެއިން ޔާމީން ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގައި ވީ އެންމެ ބޮޑު ވައުދަކީ ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ އޭރުގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމެވެ. އޭރު ރައީސް މުއިއްޒު އާއި އެ ކޯލިޝަންގެ ލީޑަރުން ވިދާޅުވަމުން ގެންދެވީ ޔާމީން ޖަލަށް ލާފައި ހުރީ ކުށެއް ކޮށްގެން ނޫން ކަމަށާއި، މިިނިވަން ނުވެ ހުރީ އޭރު ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށެވެ.

ޔާމީން އަދިވެސް މިނިވަން ނުވެ ހުންނެވިއިރު، އެ ވައުދު ފުއްދިފައިވާ ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ މާލޭ ބަންދުގަ އެވެ. ކުރިން އިވެމުންދިޔަ ހަރާމް ހުކުމުމުގެ އަޑުވެސް ވަނީ ކެނޑިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox