Advertisement

ހެލްތު އެކްސްޕޯއެއް އެޕްރީލް މަހު ބާއްވަނީ

8 ފެބުރުވަރީ 2024 - 06:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މައު ހޯލްޑިން އިން އަންނަ އެޕްރީލް މަހު ހެލްތު އެންޑު ވެލްނެސް އެކްސްޕޯއާ ގުޅޭ މައުލޫމާތު އިއްޔެ އެ ކުންފުނީގެ ފަރާތުން ދެނީ -- ފޮޓޯ: އަދަދު


ހެލްތު އެކްސްޕޯއެއް އެޕްރީލް މަހު ބާއްވަނީ

8 ފެބުރުވަރީ 2024 - 06:16 0

މައު ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއި އެމްވީ މެޑިކަލްސް ގުޅިގެން ހެލްތު އެންޑު ވެލްނެސް އެކްސްޕޯ 2024 އަންނަ އެޕްރީލް މަހު ބޭއްވުމަށް ނިންމައިފި އެވެ.

އެޕްރީލް، 18 އިން 20 އަށް ހުޅުމާލޭ ސެންޓްރަލް ޕާކު ގައި ކުރިޔަށް ގެންދާ މި އެކްސްޕޯއާ ގުޅޭ ގޮތުން، މައު ހޯލްޑިންގްގެ ފަރާތުން އަބްދުﷲ އަލީ ވިދާޅުވީ އެފަދަ އެކްސްޕޯއެއް ބޭއްވުމަށް ނިންމީ ސިއްހީ ދާއިރާގައި ހުރި ވަސީލަތްތަކާއި، ދާއިރާގައި ހުރި ފުރުސަތުތައް އާންމުންނަށް ކިޔައިދިނުމަށް ކަމަށާއި، އަދި އެ ފުރުސަތު ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކަށް ހޯދައި ދިނުމަށް ކަމަށެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް އަވައްޓެރި ގައުމުތަކުގެ މަރުކަޒުތަކާއި ކުންފުނިތަކުގެ އިތުރުން އާޝިއާނު ގައުމުތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ފާމަސީތަކާއި، ފުޑް އެންޑް ނިއުޓްރިޝަންގެ ދާއިރާގެ ބޭފުޅުންނާއި، ހެލްތު އިންޝުއަރެންސް ދޭ ފަރާތްތަކާއި، އެއާލައިންތަކާއި، މެޑިކަލް ރިސާޗް ހަދާ ފަރާތްތަކާއި، ދިވެހި ބޭސްކުރާ ފަރާތްތަކާއި، ބިއުޓީ ދާއިރާގެ އިތުރުން ސްޕާތަކަށްވެސް ލިބޭނެ" އޭނާ ވިދާޅުވި އެވެ.

އެކްސްޕޯގެ މަގުސަދު ހާސިލުވާނީ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެގެން ކަމަށާއި، އެގޮތުން ރާއްޖެއިން ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އަބްދުﷲ އެދިވަޑައިގަތެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ދޭ ހިދުމަތްތަކާއި ވިއްކާ މުދަލުގެ މައުލޫމާތު ދިނުމުގެ އިތުރުން، ބައެއް ވަސީލަތްތައް ތަޖުރިބާކުރުމާއި، މެޑިކަލް ޗެކަޕް ހެދުން ފަދަ ކަންކަން އެކްސްޕޯގައި ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.