Advertisement

ހޮންގް ކޮންގްގައި މެސީ ކުޅެންނޭރި މައްސަލަ ހޫނުވެއްޖެ

6 ފެބުރުވަރީ 2024 - 18:46 0


ހޮންގް ކޮންގްގައި މެސީ ކުޅެންނޭރި މައްސަލަ ހޫނުވެއްޖެ

6 ފެބުރުވަރީ 2024 - 18:46 0

ހޮންގް ކޮންގް (ފެބްރުއަރީ 6) - ހޮންގް ކޮންގަށް އިންޓަ މިއާމީ އިން ކުރި ޓުއާގެ ތެރެއިން ހޯމަ ދުވަހު ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ލިއޮނެލް މެސީ ނުކުޅުމުން، ސަޕޯޓަރުން ރުޅިގަދަވެ، މައްސަލަ ހޫނުވެއްޖެ އެވެ.

ހޮންގް ކޮންގް އިން ހޮވާލެވުނު 11 އާ ދެކޮޅަށް އިންޓަ މަޔާމީ ކުޅުނު މެޗަށް ގިނަ ސަޕޯޓަރުން ވަނީ މެސީ ކުޅެތަން ބެލުމަށެވެ. މި މެޗުގައި މެސީ ބެންޗުގައި އިން ނަމަވެސް، އޭނާ ކުޅެން އަރާފައެއްނުވެ އެވެ. މެސީ، މި މެޗުގައި ނުކުޅުނީ އަނިޔާގެ މައްސަލައެއް އުޅޭތީ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މި މެޗު އިންތިޒާމްކުރި ކުންފުނި ކަމަށްވާ ޓެޓްލާ އޭޝިއާ އާއި އިންޓަ މަޔާމީ އިން އެއްބަސްވެފައިވަނީ އިންޖަރީގެ މައްސަލައެއް ނެތްނަމަ، މެސީ މި މެޗުގައި ކުޅެންޖެހޭނެ ކަމަށެވެ.

އެކަމަކު ސަޕޯޓަރުން ހިތްހަމަޖެހުނީ މެސީ ބެންޗުގަިއ އިނދެ، މި މެޗުގައި ނުކުޅުމުންނެވެ.

މި މެޗު ނިމުމާއެކު ސަޕޯޓަރުން ވަނީ 8 ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ އާއި އިންޓަ މަޔާމީގެ އެއް ހިއްސާދާރު ޑޭވިޑް ބެކަމް އާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، އަޑުގަދަކޮށްފައެވެ.

މި މެޗަށް ޓިކެޓު ހޯދުމަށް ސަޕޯޓަރުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. ބައެއް ސަޕޯޓަރުން ވަނީ ރީފަންޑް ދިނުމަށްވެސް ގޮވާލައިފައެވެ.

ހޮންކޮންގްގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މި މެޗުގައި މެސީ ކުޅޭނެކަމުގެ ޔަގީންކަން މެޗުގެ ހާފް ޓައިމްގައި ވެސް މެޗު އިންތިޒާމްކުރި ފަރާތުން ދިން ކަމަށެވެ. އެކަމަކު އަނިޔާގެ މައްސަލައަކާ ހެދި މެސީ މި މެޗުގައި ނުކުޅޭނެކަން އެންގީ މެޗު ނިމެން 10 މިނިޓަށްވެފައި ވަނިކޮށް ކަމަށެވެ.

ފާޑުކިއުންތައް އަމާޒުވެ، ޓެޓްލާ އޭޝިއާ އިން ވަނީ ހޮންކޮންގްގެ ސަރުކާރުން ހޯދަން އެދިފައިވާ 2 މިލިއަން ޑޮލަރުގެ ގްރާންޓްގެ އެޕްލިކޭޝަންވެސް އަނބުރާ ގެނެސްފަ އެވެ.