Advertisement

ގައުމީ ޓީމުގެ މެޗުތައް އައިއިރު އަނިޔާގެ މައްސަަލަ ފުނިޖެހިފައި

19 މާރިޗު 2024 - 12:30 0


ގައުމީ ޓީމުގެ މެޗުތައް އައިއިރު އަނިޔާގެ މައްސަަލަ ފުނިޖެހިފައި

19 މާރިޗު 2024 - 12:30 0

ޕެރިސް (މާޗް 19) - ފީފާ ކަލަންޑަރުގައި މި މަހު، ގައުމީ ޓީމުގެ މެޗުތަކަށް އޮތް ދުވަސްތަކުގައި އެ ޓީީމުތަކުން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކާ ހެދި ގިނަ ކުޅުންތެރިންތަކެއް އަމިއްލަ އަށް އެދިގެން ބާކީކޮށްފި އެވެ.

ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަން، ކެވިން ޑި ބްރޭނާ، ފާއިތުވި ހަފްތާތަކުގައި ކުޅެފައިވަނީ، އުކުޅުވަޅަށް ލިބިފައިވާ އަނިޔާއަކުން އެއްކޮށް ރިކަވާ ނުވެ އެވެ. އެހެންވެ، ޑި ބްރޭނާ އެދިގެން، މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ބެލްޖިއަމް އިން ކުޅޭ މެޗުތަކުގެ ސްކޮޑަށް އޭނާ ނުގަނަ އެވެ.

އާޖެންޓީނާ ޓީމުގެ ތަރި، ލިއޮނަލް މެސީ ވެސް މި ފަހަރު ގައުމީ ޓީމުގައި ނެތެވެ. އޭނާ ކުޅެމުން އަންނަ، އިންޓަ މިއާމީން ބުނީ، މެސީ އެންމެ ފަހުން ކުޅުނު މެޗުގައި ލިބުުނު ކުޑަ އަނިޔާއަކުން ރިކަވާވުމަށް ދުވަސްތަކެއް ބޭނުންވާތީ، އެ އަށް ފޯކަސް ކުރަން ގައުމީ ޓީމުގެ ކޭމްޕާ ނުގުޅޭނެ ކަމަށެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން، ފިޓްނަސް އަށް އަސަރުކޮށްފައިވާތީ، ލިވަޕޫލްގެ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒް ވެސް ގައުމީ ޓީމާ އެކު ނުގޮސް، ލިވަޕޫލްގައި ވަނީ މަޑުކޮށްފަ އެވެ. ފްރާންސްގެ ތަރި، އެންޓޮއިން ގްރީޒްމަން ވެސް މި ފަހަރު ސްކޮޑުގައި ނުހިމެނެ އެވެ. އެއީ ކުޑަ އަނިޔާއަކުން ރިކަވާވަމުން އަންނާތީ އެވެ. ގްރީޒްމަން ވަނީ އެންމެ ފަހުން ފްރާންސް ކުޅުނު 84 މެޗުގައި ވެސް މަދުވެގެން މިނިޓެއް ކުޅެފަ އެވެ.

ފަހު ވަގުތު އަނިޔާގެ މައްސަލައަކާ ހެދި ސްކޮޑުން ބާކީ ކުރަން ޖެހުނު ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ކަަސެމީރޯ ވެސް ހިމެނެ އެވެ.