Advertisement

މެސީ ރިޓަޔާކުރަން ވިސްނަނީ އުމުރަށް ބަލައިގެނެއް ނޫން

28 މާރިޗު 2024 - 12:00 0


މެސީ ރިޓަޔާކުރަން ވިސްނަނީ އުމުރަށް ބަލައިގެނެއް ނޫން

28 މާރިޗު 2024 - 12:00 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 28) - ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާނީ ހަމައެކަނި އޭނާގެ އުމުރުން ވީ ދުވަހެއް ބަލާފައި ނޫން ކަމަށް އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އާދަޔާހިލާފު ތަރި، ލިއޮނަލް މެސީ ބުނެފި އެވެ.

ދި ބިގް ޓައިމް އަށް ދިން އިންޓަވިއުއެއްގައި މެސީ، 37، ބުނީ ރަނގަޅަށް ނުކުޅޭ ކަމުގެ އިހުސާސް ކުރެވި، ޓީމަށް އޭނާގެ ބޭނުންނުހިފޭ ހާލަތަކަށް ގޮސްފިނަމަ އެއީ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާނެ ވަގުތު ކަަމަށެވެ.

"އެ ފިޔަވަޅު (ރިޓަޔާކުރާ ނިންމުން) ނަގަން ޖެހޭ ދުވަހު އަހަރެން އިތުރު ވިސްނުމެއް ނީންނާނެ. އެ ގޮތަށް ވިސްނާނީ. އަހަރެން ރިޓަޔާކުރަން ނިންމާނީ ހަމައެކަނި އުމުރަށް ބަލާފައެއް ނޫން. މީގެ އަހަރެން ހިތްހަމަޖެހޭ ވަރަށް ކުޅެވޭނަމަ ރިޓަޔާކުރަން ނިންމުމުގެ މާނައެއް ނެތް،" މެސީ ބުންޏެވެ.

ފަހަަކަށް އައިސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ މެސީ، ބުނީ ފުޓްބޯޅަ ކެރިއަރު އަދިވެސް އަހަރުތަަކަކަށް ދެމިގެންދާނެ ކަމަށެވެ. އެއީ، ގިނަ މެޗުތަކުގައި އޭނާ ބޭނުންވާ ލެވަލަށް ޕާފޯމް ކުރެވޭތީ ކަމަށް މެސީ ވަނީ ބުނެފަ އެެވެ.

މެސީ ބުނީ، 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލަން ޖެހުނީ ހިތާ ދެކޮޅަށް ކަމަށެވެ. އަދި އެ ފަހަރު ޕީއެސްޖީ އަށް ބަދަލުވާން ޖެހުނުއިރު ހާލަތު އޮތީ މުޅި ސިކުނޑި އެއްކޮށް އެ ކަމަށް ތައްޔާރުވެވޭ ގޮތަކަށް ނޫން ކަމަށެވެ.

"އަދިވެސް ބުނަން އޮތީ އެންމެ ވާހަކައެއް. ބާސެލޯނާ ދޫކޮށްލަން ޖެހުނީ ހިތާ ދެކޮޅަށް. އަހަރެން ވިސްނައިގެން ހުރީ ބާސެލޯނާގައި މަޑުކުރެވޭނެކަމަށް. އެކަމަކު، ޕީއެސްޖީގެ ޓްރާންސްފާ ކަންކަން ދިޔައީ ވަރަށް އަވަހަށް،" މެސީ ބުންޏެވެ.

ޕީއެސްޖީއާ އެކު، މެސީ ހަދާފައި އޮތް ކޮންޓްރެކްޓް މިދިޔަ އަހަރު ހަމަވިއިރު، މެސީ ބުނީ، އަލުން ބާސެލޯނާ އަށް ދާން ފުރުސަތު އޮތް ކަމަށެވެ. އެކަމަކު، ބާސެލޯނާގެ މާލީ ހާލަތު އޮތްގޮތުން، އެ ޓީމަށް އިތުރު ބުރައެއް ޖެއްސުން އެއީ ރަނގަޅު ގޮތެއް ކަމަށް ނުބެލެވޭތީ، އެ ޓީމަށް އަލުން ނުދާން ނިންމީ ކަމަށް މެސީ ވަނީ ބުނެފަ އެވެ.