Advertisement

މުޖުތަބާ އާއި ލަމާންއާއެކު އެމްއޭސީއެލްއަށް އަލަށް ދެ ޑީއެމްޑީން ހަމަޖައްސައިފި

6 ފެބުރުވަރީ 2024 - 11:57 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ލަމާން އަދި މުޖުތަބާ. މިއީ އެމްއޭސީއެލްއަށް ދެ ޑީއެމްޑީން އައްޔަނުކުރި ފުރަތަމަ ފަހަރު -- ފޮޓޯ: ފައިލް


މުޖުތަބާ އާއި ލަމާންއާއެކު އެމްއޭސީއެލްއަށް އަލަށް ދެ ޑީއެމްޑީން ހަމަޖައްސައިފި

6 ފެބުރުވަރީ 2024 - 11:57 0

މުޖުތަބާ ލަތީފް އާއި ލަމާން މުހައްމަދާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް އަލަށް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފި އެވެ.

ޑީއެމްޑީއަކަށް އައްޔަން ކުރި މުޖުތަބާއަކީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލްގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ. ޑީއެމްޑީއަށް ދެން އައްޔަން ކުރި ލަމާންއަކީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރެޖިސްޓްރާއަކަށް ވެސް ހުންނެވި ބޭފުޅެކެވެ.

މުޖުތަބާ އާއި ލަމާން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރިއިރު، މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ދެ ޑީއެމްޑީން އައްޔަން ކުރި ފުރަތަމަ ފަހަރެވެ. އެއާއެކު ކުންފުނި ހިންގުމުގެ ސްޓްރަކްޗާއަށް ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެމްއޭސީއެލްއިން ޑީއެމްޑީއެއްގެ މަގާމު އަލަށް އުފެއްދީ ވެސް އޭޕްރީލް، 2022، ގަ އެވެ.

އެމްއޭސީއެލްގެ އޯގަނައިޒޭޝަން ސްޓްރަކްޗާއަށް ގެނައި ބަދަލު


މުޖުތަބާ އާއި ލަމާންއަށް ވަޒީފާ ދޭން ނިންމުމާއެކު އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޗެއާމަންގެ މަގާމު ވެސް އަދާ ކުރައްވާ މަނިކު އެމްއޭސީއެލްއިން އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ މި ހަފުތާގައި ކަން މި ނޫހަށް އެނގިފައިވެ އެވެ. ނަމަވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޭނާގެ އިސްތިއުފާ ގަބޫލު ކުރިކަން އަދި ނޭނގެ އެވެ.

އެމްއޭސީއެލް ބޯޑަށް އެމްޔޫ މަނިކު އައްޔަން ކުރީ ޖޫން، 2013، ގަ އެވެ. އޭގެ ފަހުން ދެ ފަހަރަށް ސަރުކާރު ބަދަލުވި ނަމަވެސް އޭނާގެ މަގާމަށް ބަދަލެއް ނުގެނެ އެވެ.

އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ އެއް ބާނީ އެވެ. އޭނާގެ ޔުނިވާސަލް އެންޓަޕްރައިސާސް އިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގަ އެވެ. އެއީ ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ފުވަފެންފުށި މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް އާއި ދިގަލި މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.