Advertisement

ބަންގްލަދޭޝް މީހުން ގެންނަން ހުއްދަ ދިނީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކޮށް މަޖިލީހަށް މައްސަަަލައެއް

6 ފެބުރުވަރީ 2024 - 10:16 0

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަކީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން


ބަންގްލަދޭޝް މީހުން ގެންނަން ހުއްދަ ދިނީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކޮށް މަޖިލީހަށް މައްސަަަލައެއް

6 ފެބުރުވަރީ 2024 - 10:16 0

އަންސްކިލްޑް ލޭބަރުން (ވަކި ހާއްސަ ހުނަރެއް ނެތް މަސައްކަތު މީހުން) ބަންގްލަދޭޝް އިން ގެންނަން ސަރުކާރުން ހުޅުވައިލުމާއި ވަޒީފާއާ ބެހޭ މެންޑޭޓް ދެ މިނިސްޓްރީއަކަށް ބަހައިލުމުގައި ސަރުކާރުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކުރެއްވި ގޮތުގައި ބަންގްލަދޭޝުން މަސައްކަތު މީހުން ގެންނަން ސަރުކާރުން ހުއްދަ ދިން އިރު، އެފަދަ މަސައްކަތު މީހުން އެއް ގައުމަކުން ވަކި އަދަދަކަށް ނޫނީ ނުގެނެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާއާ ސަރުކާރުން ވަނީ ހިލާފުވެފަ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެފަދަ މަސައްކަތު މީހުން އެންމެ ގިނައިން ގެނެވޭނެ އަދަދަކީ އެއް ލައްކަ އެވެ.

މައްސަލާގައި ހިސާން ވިދާޅުވި ގޮތުގައި ބަންގްލަދޭޝް މީހުންނަށް ދޫކޮށްފައިވާ އެކްޓިވް ވޯކް ޕާމިޓްގެ އަދަދަކީ 139،000 އަށް ވުރެ މަތި ކަމަށް ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުން ދައްކަ އެވެ.

"...ވަޒީފާ އަދާކުރުމަށް ޓަކައި އެއްގައުމަކުން އެންމެ ގިނައިން ދިވެހިރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭނެ އަދަދަކީ އެއްލައްކަ ކަމަށް ބަޔާންކޮށްފައި ވީ ހިނދު، ދިވެހި ސަރުކާރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023 ގެ ތަފާސް ހިސާބުތަކުން ދިވެހިރާއްޖޭގައި މިވަގުތު 139،220 ބަންގްލަދޭޝް އެކްޓިވް ވޯކްޕާމިޓް ހޯލްޑާސް އެބަ ތިބިކަން އެގެން [އެބަ އޮތް]," މައްސަލަ ހުށަހަޅުއްވަމުން ހިސާން ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ މެންޑޭޓް ހޯމް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މެދުގައި ބަހައިލުމަކީ ވެސް އޭނާ ތުހުމަތުކުރެއްވި ގާނޫނާ ހިލާފަށް ސަރުކާރުން ކުރި ކަމެކެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

އެކަމަކު މި ސަރުކާރުން ބުނަނީ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކަނީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖޭގައި ތިބި ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ. ނަމަވެސް, ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.