Advertisement

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ނާކާމިޔާބީއާ ގުޅިގެން މިސްރުގެ ކޯޗު މަގާމުން ވަކިކޮށްފި

5 ފެބުރުވަރީ 2024 - 18:56 0


އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ނާކާމިޔާބީއާ ގުޅިގެން މިސްރުގެ ކޯޗު މަގާމުން ވަކިކޮށްފި

5 ފެބުރުވަރީ 2024 - 18:56 0

ގާހިރާ (ފެބްރުއަރީ 5) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުރިމަތިވި ނާކާމިޔާބާ ގުޅިގެން މިސްރުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުން ރުއީ ވިޓޯރިއާ ވަކިކޮށްފި އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ މިސްރު މި އަހަރުގެ މުބާރާތުން ކެޓީ ގަދަ 16ގެ ބުރުންނެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން މިސްރު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިސްރުގެ ފުޓްބޯލް އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ވަނީ ވިޓޯރިއާ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ވަގުތީ ގޮތުން ޓީމުގެ އެ ޓީމުގެ ކޯޗުކަން އަލް އަހްލީގެ ކުރީގެ ކޯޗު މުހައްމަދު ޔޫސުފްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވިޓޯރިއާ މިސްރުގެ ކޯޗުގެ މަގާމުގައި ހޭދަކުރީ ދެ އަހަރެވެ.

އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މުބާރާތަށް މިސްރު ކުރިމަތިލީ 8 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރުމުގެ އުންމީދުގައެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތް އެންމެ ފަހުން މިސްރުން ކާމިޔާބުކުރީ 2010 ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުން މިސްރު ކެޓުމަކީ އެ ޓީމުގެ ސަޕޯޓަރުންނަށް ގަބޫލްކުރަން އުނދަގޫވި ނަތީޖާއެކެވެ.

މި ނާމިޔާބާ ގުޅިގެން މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.