Advertisement

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފި

5 ފެބުރުވަރީ 2024 - 09:05 0

ނިމާ ހަސަން

ނިމާ ހަސަން

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ރައީސް މުއިއްޒުގެ ދެކަނބަލުންނާއި މަޖިލިސް ރައީސް އަސްލަމްގެ ދެކަނބަލުން ވަޑައިގަންނަވަނީ -- ފޮޓޯ: އިޔާން/ އަދަދު


ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފި

5 ފެބުރުވަރީ 2024 - 09:05 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފި އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެށީ 24 މެންބަރުންނާއެކު އެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

މި ޖަލްސާ ފެށީ, މަޖިލީހުގެ މެޖޯރިޓީ މެންބަރުން ޖަލްސާ ބޮއިކޮޓު ކޮށްފައި ވަނިކޮށެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ 43 މެންބަރުންނާއި ޑިމޮކްރެޓުންގެ 13 މެންބަރުންނާއެކު ޖުމްލަ 56 ވަނީ މި ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ މި ޖަލްސާގެ ބޮއިކޮޓުކުރަން އިދިކޮޅުން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ފިޔަވައި އެހެން މެންބަރަކު، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވެރިކަންކުރާ ކޯލިޝަނުގެ މެންބަރުން ގޮވާލާފައިވެ އެވެ.

އެކަމަށް ގޮވާލެއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ސަބަބެއްގެ ގޮތުގައި ދެއްކެވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން މިހާރު މަޖިލީހަށް ވައްދާފައިވާ އަސްލަމާއި ސަލީމްގެ އިތުބާރު ނެތް މައްސަލަ އެވެ. މަގާމުން ވަކިކުރުމުގެ މައްސަލައިގައި އަސްލަމާއި ސަލީމަށް މަޖިލީހުގެ އިދާރާއިން ނޯޓިސް ވެސް ފޮނުވައިފި އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް އިއްވަން ޖެހިވަޑައިގަންނަވާނެ އެވެ.