Advertisement

ފަރުވާއަށްފަހު މަސައްކަތަށް އެނބުރި ނުކުތުމަކީ ލިބޭ އުފަލެއް: ރަމީލާ

4 ފެބުރުވަރީ 2024 - 13:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިނިސްޓަރު ރަމީލާ، އެކަމަނާ ވަނީ ކީމޯ ތެރެޕީގެ ނުވަ ސެޝަން ފުރިހަމަ ކުރައްވާފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފަރުވާއަށްފަހު މަސައްކަތަށް އެނބުރި ނުކުތުމަކީ ލިބޭ އުފަލެއް: ރަމީލާ

4 ފެބުރުވަރީ 2024 - 13:54 0

ކެންސަރު ފަރުވާގެ ފުރަތަމަ ފިޔަވަހި ފުރިހަމަ ކުރުމަށްފަހު އެނބުރި މަސައްކަތަށް ނުކުތުމަކީ ލިބޭ އުފަލެއް ކަމަށް އެގްރިކަލްޗަރު، އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެެވެ.

ފޭސްބުކްގައި ރަމީލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރުވާ ފުރަތަމަ ފިޔަވަހި ފުރިހަމަ ކުރެވުނީ މާބޮޑު ސައިޑް އިފެކްޓެއް ނެތި ކަމަށާއި އެކަމަށް ﷲ ގެ ހަޒުރަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އުއްމީދަކީ ފަރުވާގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން މިއޮތް މަދު ހަފުތާތަކުގައި އެންމެ ފުރިހަމަ މަސައްކަތެއް ކުރުން،" ރަމީލާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވަނީ ހެޔޮ ދުއާ ކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރައްވައި މަސައްކަތަށް އެނބުރި އާދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ރަމީލާ އިންޑިއާއަށް ވަޑައިގަތީ މީގެ ދެމަސްދުވަސް ކުރިންނެވެ. އެ ކަމަނާއަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ ކެންސަރުގެ އެންމެފަހު ސްޓޭޖުގައި ހުއްޓަ އެވެ. އެއީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެ ވުޒާރާގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން އިރު ރަމީލާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެލެއްވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.