Advertisement

ފަލަސްތީނަށް ރައްކާތެރިކަން ދެއްވުން އެދި ކިޔަން ފެށި ގުނޫތު ކިއުން ހުއްޓާލައިފި

4 ފެބުރުވަރީ 2024 - 11:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފަލަސްތީނަށް ރައްކާތެރިކަން ދެއްވުން އެދި ކިޔަން ފެށި ގުނޫތު ކިއުން ހުއްޓާލައިފި

4 ފެބުރުވަރީ 2024 - 11:49 1

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމާއި ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަރުޟު ފަސްނަމާދުގައި ކިޔަން ފެށި ނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ ވުޒާރާއިން މިސްކިތްތައް ބަލަހައްޓާ ކައުންސިލްތަކާއި ލޯކަލް އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މިއަދު މަގުރިބު ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް އިމާމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. އެގޮތަށް އެންގި ސަބަބެއް ސާކިއުލާގައި ބަޔާންކޮށްފައެއް ނެތެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ގުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ އެ މަހުގެ 11 ގަ އެވެ. އެއަށްފަހު ފަސް ނަމާދަށްފަހު ގުނޫތު ކިޔަން ސަރުކާރުން އެންގީ އޮކްޓޯބަރު 18، 2024.

ސަރުކާރުން މިހެން ނިންމާފައި މިވަނީ ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ކުރިއަށް ގެންދާ ގަތުލުއާއްމާއި ހަނގުރާމައިގެ ޖަރީމާތަކަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށް ދަނިކޮށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 12،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި ނަސްލު ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ހިންގަމުންދާ ހުރިހާ އަމަލެއް ހުއްޓުމަށް އެ ކޯޓުން ވަނީ މިދިޔަ މަހުގެ 26 ގައި އަމުރެއްވެސް ނެރެފަ އެވެ.